ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
މެނޭޖަރ، އެކައުންޓްސް އެންޑް ފައިނޭންސް
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މުސާރައާއި ޢިނާޔަތްތައް:
|
-/21,200 ރުފިޔާ
|
އިތުރު ޢިނާޔަތް:
|
ކޯޕަރޭޝަނުން ކަނޑައަޅާ އުޞޫލެއްގެ މަތީން ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުތު:
|
- އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކޮށްފައިވުން ނުވަތަ އޭ.ސީ.ސީ.އޭ/ ސީމާ މެމްބަރޝިޕް ޙާޞިލުކޮށްފައި ވުމާއެކު އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ނުވަތަ އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް ޙާޞިލުކޮށްފައި ވުމާއެކު އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާގައި 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
- ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން. ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
|
މަސްޢޫލިއްޔަތު:
|
- ކޯޕަރޭޝަނުން ދުވަހުން ދުވަހަށް ކުރެވޭ މާލީ މުޢާމަލާތްތަކުގެ ރެކޯޑުތައް، ކޯޕަރޭޝަންގެ ޤަވާއިދާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި މާލިއްޔަތު ޤާނޫނުގެ ހަމަތަކާ އެއްގޮތަށް ބެލެހެއްޓުން.
- މަހުން މަހަށް ކޯޕަރޭޝަންގެ އެކައުންޓް ސްޓޭޓްމަންޓްތައް ބޭންކުތަކުން ހޯދައި، ސްޓޭޓްމަންޓްތަކާ އެއްގޮތަށް ކޯޕަރޭޝަންގެ އެކައުންޓުތަކުގެ ހިސާބުތައް ރީކޮންސައިލް ކުރުން.
- ބަޖެޓުން ކުރެވޭ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، މަހުން މަހަށް ހަދަން ޖެހޭ ރިޕޯޓުތައް ހެދުމާއި، ބޭނުންވެއްޖެ އެހެން ޙާލަތްތަކުގައި ބަޖެޓު ބާކީގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އެރުވުން.
- މަހުން މަހަށް އަދި ކޮންމެ ތިން މަހުން އެއްމަހު ނިންމަންޖެހޭ މާލީ ރިޕޯޓުތައް ނިންމައި ކަމާބެހޭ ފަރާތްތަކަށް ޙިއްޞާކުރުން.
- ކޯޕަރޭޝަނުން ތައްޔާރުކުރެވޭ އެހެނިހެން ރިޕޯޓުތަކަށް ފައިސާއާ ބެހޭގޮތުން ބޭނުންވާ މަޢުލޫމާތު ބޭނުންވެއްޖެ ޙާލަތްތަކުގައި، އެކަށޭނަ ވަގުތުގައި ޙިއްޞާކުރުން.
- ކޯޕަރޭޝަނުން ކުރާ ޙައްޖު ޢުމްރާ ދަތުރުތަކުގެ ހިސާބުތައް ޙައްޖު ނުވަތަ ޢުމްރާ ދަތުރު ނިމޭތާ 02 ހަފުތާގެ ތެރޭގައި ތައްޔާރުކޮށް، ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓަށް ހުށަހެޅުން.
- ކޯޕަރޭޝަނުންގެ ފަރާތުން އިންވެސްޓް ކުރެވިދާނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި އެކަމަށް ބޭނުންވާ ޕްރޮޕޯޒަލް ތައްޔާރުކޮށް އަދި އިންވެސްޓްމަންޓް އެސެސްމަންޓް ތައްޔާރުކޮށް ބޯޑަށް ހުށަހެޅުން.
- މަހުން މަހަށް ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމައި ރިޕޯޓު ތައްޔާރުކޮށް ޙިއްޞާކުރަންޖެހޭ ފަރާތްތަކާ ޙިއްޞާކުރުން.
|
މަސައްކަތުގެ ވަގުތު:
|
މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން ހަވީރު 15:00 އަށް)
(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި ވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)
|
ހުށައަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން މި ފޯމު ލިބިވަޑައިގަންނަވާނެއެވެ.)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން
|
ސުން ގަޑި:
|
ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިންނެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް އެންގޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.
|