ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި މަދަރުސާގެ ސްޓާރފް ރޫމުގައި ބޭނުންކުރުމަށް 30 މޭޒު (މި މަދަރުސާއިން ދޭ ނަމޫނާއާއި އެއްގޮތަށް) އާއި 30ގޮޑި ހޯދައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 07 އޮކްޓޯބަރ 2019 އިން 13 އޮކްޓޯބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 އޮކްޓޯބަރ 2019 ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި ހދ.އަތޮޅު މަދަރުސާގެ އޮފީހުގައި އޮންނާނެއެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 13:00 ގައި ހދ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި މަދަރުސާގެ އޮފީހުން ލިބެންހުންނާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ހދ. އަތޮޅު މަދަރުސާ
- ފޯން: 6520056
- އީ-މެއިލް: [email protected]
07 އޮކްޓޫބަރު 2019
ހޯދާ