ދިވެހިރާއްޖެ
c
`
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ރ. ދުވާފަރު، ދިވެހިރާއްޖެ ނަމްބަރ: (IUL)304-EDS/304/2019/52
އިޢުލާން
ރ. ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:
ރ. ދުވާފަރު 73.04 ނަމްބަރުގޭ ޝަރީޢަތުން ބަހައިގެން ލިބުނުބައި ރ. ކަނދޮޅުދޫ ސީޓުމާގެ އިބްރާހީމް މުޙައްމަދު ގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިތަން އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިތަނާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ޖައްސަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިތަނާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅާފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވުން އެދެމެވެ.
މި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށްބަލައި، ރ. ދުވާފަރު 73.04 ނަމްބަރުގޭ ޝަރީޢަތުން ބަހައިގެން އިބްރާހީމް މުޙައްމަދު ރ. ކަނދޮޅުދޫ / ސީޓުމާގެ އަށް ލިބުނުބައި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
08 ޞަފަރު 1441
07 އޮކްޓޯބަރ 2019
ޒުހުރާ ޢަބްދުﷲ
ރ. ދުވާފަރު ކައުންސިލްގެ މެންބަރ