ދިވެހިރާއްޖެ
ނަމްބަރު:U1-HC/ANNOUNCE/2019/10
މިމަރުކަޒުގެ ސީނިއަރ.އެޑްމިނިސްޓުރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޮވުމަށް ކުރި އިޢުލާން ނަންބަރ:U1-HC/ANNOUNCE/2019/8 (މ26 ސެޕްޓެންބަރ 2019) އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ކިބައިގާ ހުންނަންޖެހޭ އަސާސީ ޝަރުތުހަމަނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މިމަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާފަރާތް ތަކަށް މަރުޙަބާކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައިއުޅެވޭ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލްމީހެކެވެ.
| 
 މަޤާމް: 
  | 
 ސީނިއަރ.އެޑްމިނިސްޓްރޭޓިވް އޮފިސަރ 
  | 
| 
 މަޤާމުގެ ނަންބަރ  | 
 J-278821  | 
| 
 ބޭނުންވާ ޢަދަދު:  | 
 01  | 
| 
 މަޤާމްގެ ގިންތި  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް  | 
 އެމް.އެސް.1  | 
| 
 މަޤާމްގެ ކްލެސިފިކޭޝަން  | 
 ސިނިއަރ އޮފިސަރ ގްރޭޑް 1  | 
| 
 މަޤާމް އޮތް އޮފީސް  | 
 އއ. ތޮއްޑޫ ސިއްޙީމަރުކަޒު  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން  | 
 ތޮއްޑޫ ޞިއްޙީމަރުކަޒު / އއ.ތޮއްޑޫ  | 
| 
 މުސާރަ:  | 
 މަހަކު -/5610 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/2000 ރުފިޔާ  | 
| 
 ސަޕޯޓިންގ ކޯ އެލަވަސްންސް  | 
 ސަޕޯޓިންގ ކޯ އެލަވަންސް 700/- ރުފިޔާ  | 
| 
 އެހެނިހެން އެލަވަންސް:  | 
  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް: 
 
 
 
 
 
 
 
 
 
 
  | 
 - މުއައްޒަފުންނަށް ޗުއްޓީ ދިނުމާއި، ޗުއްޓީ ރެކޯޑްސް ބެލެހެއްޓުން. - ކޮންޓްރެކްޓް މުއައްޒަފުންގެ ކޮންޓްރެކްޓް އާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. - މުއައްޒަފުންގެ ރަޖިސްޓްރީތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. - މުއައްޒަފުންގެ ޕާސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. 
  | 
| 
 މަޤާމުގެ ޝަރުތު  | 
 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން  | 
| 
 ތަޢުލީމީ ރޮނގުތައް  | 
 ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން.  | 
| 
 ގުޅޭ ވަޒީފާގެ ދާއިރާ:  | 
 އެޑްމިނިސްޓްރޭޝަން  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1 .ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް. ( މި ފޯރމް ސިވިލް ސަރވިސްގެ ކޮމިޝަންގެ ވެބްސައިޓުން އަދި މި ޞިއްޚީމަރުކަޒުން ލިބެންހުންނާނެއެވެ. 2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3.ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 4.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5.ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ: ހ.މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. ށ. މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: ހ. ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ށ. އަމިއްލަ ކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް.  | 
 - ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި  | 
 - މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 16 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން، އއ ތޮއްޑޫ ސިއްޙީމަރުކަޒަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 - މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2019 އޮކްޓޯބަރ މަހުގެ ތެރޭގައި ، މި މަރުކަޒުގެ އޮފީހުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށްތައްޔާރުވެގެން ތިބުން އެދެމެވެ.  | 
| 
 ޝޯޓް ލިސްޓްކުރުން:  | 
 - މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެއަދަދު 10 އަށްވުރެ ގިނަނަމަ،ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު ހޯދުން  | 
 - މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660860 ނަންބަރު ފޯނަށެވެ.  | 
7 އޮކްޓޯބަރ 2019
