ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ މަސްޖިދުލް ޢާއިޝާ މިސްކިތުގައި ޕާޓިޝަން ޖެހުމާބެހޭ

ކިނބިދޫ މަސްޖިދުލް ޢާއިޝާ މިސްކިތުގައި ޕާޓިޝަން ޖެހުމާބެހޭ  

                 

     ކިނބިދޫ މަސްޖިދުލް އާޢިޝާ މިސްކިތުގައި އަންހެނުނަށް ނަމާދު ކުރެވޭގޮތަށް، މި އިދާރާއިން ދައްކާ ނަމޫނާއާއި ކުރެހުމާއި  އެއްގޮތަށް އަމިއްލަ ތަކެތީގައި  ޕާޓިޝަންއެއް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

   ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ސާފުކޮށްދިނުން އޮންނާނީ 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 11:00 ގައި މި އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 11:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ރަޖިސްޓަރީ ކޮށްގެން ހިންގާ ކުންފުނި ވަޑާންގެ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިނޫން ފަރާތެއްގެ އެސްޓިމޭޓް ފޯން ބަލައެއް ނުގަނެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުނި، ވިޔަފާރީގެ ހުއްދައިގެ ކޮޕީ ނުވަތަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައިގަތުމަށް ހަމަހެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ.   

      މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            04 ޞަފަރު     1441

            03 އޮކްޓޯބަރ    2019 

03 އޮކްޓޫބަރު 2019
ހޯދާ