ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ
ދިވެހިރާއްޖެ
ނަންބަރ: (IUL)403-A/403/2019/98
އިޢުލާނު
ސިއްޙީމަރުކަޒުގައި އޭސީ ހަރުކުރުމާއި ބެހޭ:
ލ.މާމެންދޫ ސިއްޚީމަރުކަޒުގެ ބަލިމީހުން ތިބޭ ވޯޑުގައި އޭސީ ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ސާފުކުރުން: 15 އޮކުޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި
* ޕްރޮޕޯޒަލް ހުށަހެޅުން: 24 އޮކުޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ނުވަތަ ކާކުކަން އެނގޭނެ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތްތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
07 ޞަފަރު 1441
06 އޮކްޓޯބަރ 2019
ޙުސައިން ޙަބީބު ޢަލީ
ކައުންސިލްގެ ނާއިބު ރައީސް