ދިވެހިރާއްޖެ
އިޢުލާން
ކުރީގެ ޔޫތު ސެންޓަރ މިހާރުގެ ހިންމަފުށީ އިޖްތިމާޢީ މަރުކަޒު އާއި ފުޓްސަލް ދަނޑު ފޮޅާ ސާފުކޮށް ބެލެހެއްޓުމަށާއި އިދާރީ ހިންގުމުގެ ކަންތައްތައް ބެލެހެއްޓުމަށް ތިރީގައި މިދަންނަވާ 2 މަޤާމަށް ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް މުއައްޒަފުން ބޭނުންވެއްޖެ.
މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާ އަދާކުރަންޖެހޭ ތަން: ހިންމަފުށި އިޖުތިމާޢީ މަރުކަޒު
މުސާރަ: -/5065 ރުފިޔާ (މުސާރައާއި އެލަވަންސް އާއިއެކު)
މުއްދަތު: 1 އަހަރު
މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު 7 ގަޑިއިރު ( ހެނދުނު 8:00 ން 14:00 އަށް ) މީގެ އިތުރުންވެސް ޝެޑިއުލް ކުރެވޭ ގަޑިތަކެއްގައި މަސައްކަތްކުރުން.
އިތުރު އިނާޔަތްތައް :
- ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސް ފައިސާ ލިބޭނެއެވެ.
މަޤާމް ޝަރުތުތައް :
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން،
- ސާނަވީއިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލްސެޓްފިކެޓް އިމްތިޙާންގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1- އޮފީސް ހުޅުވުމާއި ލެއްޕުން.
2- ހިންމަފުށީ އިޖުތިމާޢީ މަރުކަޒުގެ އިދާރީ އެންމެހާ މަސައްކަތްކުރުން.
3- އިޖުތިމާޢީ މަރުކަޒުގެ އެހެނިހެން މުވައްޒަފުންގެ ޙާޟިރީތައް ބެލެހެއްޓުން.
4- އިދާރީގޮތުން ހަދަންޖެހޭ ރިޕޯޓްތައް ހެދުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތަށް ފޮނުވުން.
5- މީގެ އިތުރުން ވެސް ކައުންސިލުން ކަނޑައަޅާ އިޖުތިމާޢީ މަރުކަޒުގެ އިދާރީ އަދި އެހެނިހެން މަސައްކަތްތައް ކުރުން.
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާ އަދާކުރަންޖެހޭ ތަން: ހިންމަފުށި އިޖުތިމާޢީ މަރުކަޒު
މުސާރަ: -/5000 ރުފިޔާ (މުސާރައާއި އެލަވަންސް އާއިއެކު)
މުއްދަތު: 1 އަހަރު
މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު 7 ގަޑިއިރު ( ހެނދުނު 8:00 ން 14:00 އަށް ) މީގެ އިތުރުންވެސް ޝެޑިއުލް ކުރެވޭ ގަޑިތަކެއްގައި މަސައްކަތްކުރުން.
އިތުރު އިނާޔަތްތައް :
- ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސް ފައިސާ ލިބޭނެއެވެ.
މަޤާމް ޝަރުތުތައް :
- އަސާސާ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން އެގުން.
- ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ސިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.
- ޢުމުރުން 18 އަހަރާ 55 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1- ކޮންމެ ދުވަހަކު މަރުކަޒުގެ ގޯތިތެރެއާއި ވަށާމަގު އެތެރެއާއި އޮފީސްތެރެ އަދި ހޯލްގެބައިތައް ކުނިކަހާ ސާފުކުރުން.
2- ހަފްތާއަކު 1 ފަހަރު ފުޓްސަލް ދަނޑުގެ ވިނަނޮޅާ ކުނިކަހާ ސާފުކުރުން.
3- ކޮންމެ ދުވަހަކު ޑަސްބިންތައް އުކާލުން.
4- ކޮންމެ ދުވަހަކު ފާޚާނާތައް ސާފުކުރުން.
5- މީގެ އިތުރުންވެސް ކައުންސިލުން އަންގާ މަސައްކަތްތަކާއި، ވެރިން އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.
6- ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
(ހ) ތަޢުލީމާއި ތަމްރީން
(ށ) މަސައްކަތުގެ ތަޖުރިބާ
(ނ) މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
ހުށަހަޅަންޖެހޭ ލިޔުންތައް :
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްއިދާރާއިން )
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާ އެކު)
މުއްދަތު:
(ހ) މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަވިއުކުރުން އޮންނާނީ ކ. ހިންމަފުށި ކައުންސިލް އިދާރާ ގައެވެ.
(ށ) އިންޓަވިއު ކުރުން އޮންނާނެ ތާރީޚް އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
(ހ) ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ކުރެއްވުމަށްފަހު 15 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ހިންމަފުށީ ކައުންސިލް އިދާރާ އަށެވެ.
ނޯޓް: މިވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.