ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ހުޅުމާލޭ ރެޑީމިކްސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސްޓީއޯ ހުޅުމާލޭ ރެޑީމިކްސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

މަސައްކަތުގެވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ.

 

ރަޖިސްޓަރީކުރުން:       ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2019 އޮކްޓޯބަރ 10 ވާ ދުވަހު 1100 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެސް އަށް ފޮނުވާ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

                   އީމެއިލް:[email protected]

 

ބީލަންކަރުދާސްދޫކުރުން:    ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 އޮކްޓޯބަރ 10 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

މައުލޫމާތުދިނުން:        ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 އޮކްޓޯބަރ 13 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހުޅުމާލެ ރެޑީމިކްސް ސައިޓް ގައި އޮންނާނެއެވެ.

 

ސުވާލާއިޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2019 އޮކްޓޯބަރ 15 ވާ ދުވަހުގެ 1200  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2019  އޮކްޓޯބަރ 17 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 

ބީލަންކަރުދާސް:        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 22 ވަނަ ދުވަހު 1100 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.  ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

 

 

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

 

ފޯނު:     3344321، 3344295

އީމެއިލް: [email protected]

                 

06 އޮކްޓޯބަރ 2019

06 އޮކްޓޫބަރު 2019
ހޯދާ