ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު (IUL)479-PR/479/2019/4 (25 ސެޕްޓެންބަރު 2019) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތައް އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައިނުވާތީ، މި އޮފީހުގެ ބޭނުމަށް ސަރވަރއަކާއި ބައެއް ހާރޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އަންދާސީ ހިސާބު ހުށަހަޅަން އަލުން ހުޅުވާލަމެވެ.
މަޢުލޫމަތު ސާފުކުރުން |
ބީލަން ހުށަހެޅުން |
ތަން : މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ ( އެޓަރނީ ޖެނެރަލް އޮފީސް، ވެލާނާގެ 6 ވަނަ ފަންގިފިލާ) |
ތަން : މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ ( އެޓަރނީ ޖެނެރަލް އޮފީސް، ވެލާނާގެ 6 ވަނަ ފަންގިފިލާ) |
ގަޑި : 2019 އޮކްޓޫބަރު 08 ވާ އަންގާރަ ދުވަހު ހެނދުނު 10:00 އަށް |
ގަޑި : 2019 އޮކްޓޯބަރު 13 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 އަށް |
ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
07 ޞަފަރު 1441