ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ އިމާރާތްތަކުގައި ހުރި އަލިފާން ނިވާ ފުޅިތައް 01 އަހަރުދުވަހުގެ މުއްދަތަށް ސާރވިސްކޮށް ރީފިލް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސްޓީއޯ އިމާރާތްތަކުގައި ހުރި އަލިފާން ނިވާ ފުޅިތައް 01 އަހަރުދުވަހުގެ މުއްދަތަށް ސާރވިސްކޮށް ރީފިލް ކޮށްދިނުމުގެ މަސައްކަތް

ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

މަސައްކަތުގެވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

ރަޖިސްޓަރީކުރުން:       ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން  2019 އޮކްޓޯބަރ 09 ވާ ދުވަހު 1200 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

              

 

ބީލަންކަރުދާސްދޫކުރުން:    ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 އޮކްޓޯބަރ 09 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

މައުލޫމާތުދިނުން:        ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 އޮކްޓޯބަރ 10 ވަނަ ދުވަހު 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

 

ސުވާލާއިޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2019 އޮކްޓޯބަރ 13 ވާ ދުވަހުގެ 1200  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2019 އޮކްޓޯބަރ 14 ވާ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 

ބީލަންކަރުދާސް:        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 17 ވަނަ ދުވަހު 1400 ގައި  އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.

 

 

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު:     3344262, 3344332

އީމެއިލް: [email protected]

                 

03 އޮކްޓޯބަރ 2019

03 އޮކްޓޫބަރު 2019
ހޯދާ