ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑިއު ޑިލިޖެންސް މެކޭނިޒަމްއާއި ބެހޭ

HDC (161)-CM/IU/2019/131

 

އިޢުލާން

ޑިއު ޑިލިޖެންސް މެކޭނިޒަމްއާއި ބެހޭ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑިއު ޑިލިޖެންސްގެ އުސޫލަށް ގެނެވިފައިވާ ބަދަލުތަކަށް 03 އޮކްޓޯބަރ 2019 އިން ފެށިގެން އަމަލުކުރެވިގެންދާނެވާހަކަ ދެންނެވީމެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށް އިޢުލާނުކުރެވުމާއި ގުޅިގެން ލިޔެކިޔުންތައް ހުށަހެޅުން

ދިވެހިރާއްޖޭގެ ގެޒެޓް (http://www.gazette.gov.mv) ނުވަތަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ވެބްސައިޓްގައި ޕްރޮޕޯސަލް ހުށަހެޅުމަށް އިޢުލާނުކުރުމުން، ޕްރޮޕޯސަލާއި އެހެނިހެން ލިޔެކިޔުންތަކާއިއެކު މިކޯޕަރޭޝަނަށް ހުށަހެޅުމަށްއެދި ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވޭ އިޢުލާނުގައި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކުގެ ލިސްޓަކާއި ޕްރޮޕޯސަލް ހުށަހެޅުމުގެ އެހެނިހެން ތަފްސީލު އެކުލެވިފައިވާނެވާހަކަވެސް ދެންނެވީމެވެ.

އެހެނިހެން އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕްރޮޕޯސަލް ހުށަހެޅުން

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން މިކޯޕަރޭޝަންގެ ވެބްސައިޓު މެދުވެރިކޮށް ހުޅުމާލޭގައި އިންވެސްޓްކުރުމަށް ފުރުސަތު ހުޅުވާލާ ހުޅުމާލޭގެ ތަފާތުއެކި މަޝްރޫޢުތަކަށް، ޕްރޮޕޯސަލް ނުވަތަ އިންވެސްޓަރ އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ކުރިން، ތިރީގައިވާ މަޢުލޫމާތުތައް ހިމެނޭނެހެން އެކުލަވާލާފައިވާ "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މިކޯޕަރޭޝަނަށް ހުށަހެޅުމަށްއެދި ދެންނެވީމެވެ.

-          ޕްރޮޖެކްޓަށް ހިނގާނޭ ޚަރަދު

-          ޕްރޮޖެކްޓަށް ބޭނުންވާ ބިމުގެ ބޮޑުމިން (ޕްލޮޓް އޭރިއާ އަދި ޖީ.އެފް.އޭ/ފްލޯގެ އަދަދު)

-          ޕްރޮޑަކްޓް ނުވަތަ މަޝްރޫޢުގެ ޚުލާސާ

-          ބިޒްނަސް މޮޑެލް

-          ބޭންކް ކޮމްފޯޓް ސިޓީއާއިއެކު ފައިސާ ހޯދާނެގޮތުގެ ތަފްސީލް

-          އާޓިކަލްސް އޮފް އެސޯސިއޭޝަން އަދި މެމޮރެންޑަމް އޮފް އެސޯސިއޭޝަން

އެކްސްޕްރެޝަން އޮފް އިންޓްރެސްޓްގައި ބެލެވޭނެ ކަންތައްތައް

-          ހުށަހެޅިފައިވާ މަޝްރޫޢު ހުޅުމާލޭގައި ކުރިއަށްގެންދިއުމުގެ މުހިންމުކަމާއި ހުޅުމާލޭގެ މާސްޓަރ ޕްލޭންއާއި އެއްހަމަވުން

-          ޕްރޮޖެކްޓް ސްކޯޕް އަދި މިކޯޕަރޭޝަންގެ ސްޓްރެޓަޖީތަކާއި އެއްހަމަވުން

-          އެތިކަލް ސްޓޭންޑަރޑް

  • ހުށަހަޅާ ފަރާތަކީ ބައިނަލްއަޤުވާމީގޮތުން ބެލެވޭ އެއްވެސް ބްލެކްލިސްޓެއްގައި ހިމެނިފައިނުވާ ފަރާތަކަށްވުން
  • ހުށަހަޅާ ފަރާތާއި އެފަރާތުގެ ޑިރެކްޓަރުންނަކީ މަސައްކަތުގެ ދާއިރާއިން ސުލޫކީ މިންގަނޑާއި ޚިލާފުވެ ޖިނާއީ ކުށެއްގައި ސާބިތުވެފައިވާ ފަރާތަކަށްނުވުން
  • މިކޯޕަރޭޝަނަށް ދަރަނިވެރިވެ ކޯޓެއްގައި މައްސަލަ ހިނގަމުންދާ ފަރާތަކަށް ނުވުން

މަތީގައި ދެންނެވިފައިވާ މާއްދާތައް ފުރިހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދައުވަތު ދެވިގެންދާނެއެވެ. އަދި ހަމަ އެޔާއިއެކު ދައުވަތުލިބޭ ފަރާތްތަކަށް، ތިރީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއިއެކު "އިންވެސްޓަރ އެޕްލިކޭޝަން ފޯމް" ހުށަހެޅުމަށް ފުރުސަތު އެރުވޭނެއެވެ. އިސްވެ ދެންނެވުނު ފޯމް މިކޯޕަރޭޝަންގެ ވެބްސައިޓް ލިންކް: https://hdc.com.mv/downloads/ އިން ލިބިވަޑައިގަންނަވާނެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑިއު ޑިލިޖެންސްއަށް ބޭނުންވާ ލިޔެކިޔުން

ހ. ކުންފުނި / ޖޭ.ވީ

1. ހުށަހަޅާ ފަރާތުގެ ކުންފުނީގެ ތަޢާރަފް (ބެކްގްރައުންޑް)

1.1 މެމޮރަންޑަމް އަދި އާރޓިކަލްސް އޮފް އެސޯސިއޭޝަން

1.2 ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް

1.3 ވިޝަން/ މިޝަން ސްޓޭޓްމަންޓް، ކުންފުނި އޮޕެރޭޓް ކުރާތާވީ އަހަރު އަދި ކުރީގެ ތަޖުރިބާ އެކުލަވާލައިގެން ތައްޔާރުކޮށްފައިވާ ކުންފުނީގެ ޕްރޮފައިލް

1.4 ބޯޑް ޑިރެކްޓަރުންނާއި އެފަރާތްތައް ރަޖިސްޓްރީވެފައިވާ އެޑްރެސް އަދި ކޮންޓެކްޓް ޑީޓެއިލްސް

1.5 ކުންފުނީގެ އިދާރާގެ ޗާޓު އަދި ސީނިއަރ މެނޭޖްމަންޓްގެ ވަނަވަރު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ އިދާރީ އޮނިގަނޑު

2. މާލިއްޔަތާއި ރައުސްމާލު އޮނިގަނޑުގެ މަޢުލޫމާތު

2.1 ހުށަހަޅާ ދުވަހާއިހަމައަށް 3 އަހަރުދުވަހުގެ އޮޑިޓުކުރެވިފައިވާ އިންކަމް ސްޓޭޓްމަންޓް، ބެލެންސް ޝީޓްތައް އަދި ކޭޝް ފްލޯ ސްޓޭޓްމަންޓް

2.2 ކުންފުނީގެ ޙިއްސާތަކާއި، އޮޕްޝަންތަކާއި، ވޮރެންޓް ނުވަތަ ނޯޓުތައް ހިމެނޭނެހެން ތައްޔާރުކުރެވިފައިވާ ކުންފުނީގެ ހިއްސާދާރުންގެ ލިސްޓް

2.3 ހުށަހަޅާ ފަރާތަކީ ލިސްޓްކުރެވިފައިވާ ކުންފުންޏެއްކަމުގައިވާނަމަ، ހުށަހަޅާ ދުވަހާއިހަމައަށް 3 އަހަރު ދުވަހުގެ ޝެއަރ ޕަރފޯމަންސްއާއި ލިސްޓްކުރެވިފައިވާ އެކްސްޗޭންޖްގެ ޚުލާސާ

2.4 ހުށަހަޅާ ފަރާތުން ކުންފުނީގެ ފައިސާނޫން އެހެނިހެން މާލީއެހީ ހޯދާކަމުގައިވާނަމަ، އެ މާލީ އެހީ ހޯދާފައިވާކަން ސާބިތުކޮށްދޭ ލިޔެކިޔުން

3. އެހެނިހެން މަޢުލޫމާތު

3.1 އިންވެސްޓްމެންޓްއާއި ގުޅިގެން ނެގޯސިއޭޝަންއަކަށް ދިއުމަށް ޝައުގުހުރިކަމަށް ނިންމާފައިވާ ބޯޑް ރިސޮލިއުޝަން

4. ބިޒްނަސް ޕްލޭން

4.1 މާކެޓިންގ ޕްލޭން

4.1.1 ޕްރޮޑަކްޓް ސްޓްރެޓަޖީއާއި ޓާރގެޓް މާކެޓް

4.1.2 ޕްރައިސިންގ ސްޓްރެޓަޖީ

4.1.3 ޕްރޮމޯޝަނަލް ސްޓްރެޓަޖީ

4.2 ފައިނޭންޝަލް ޕްލޭން

4.2.1 ޕްރޮޖެކްޓަށް ފައިނޭންސް ހޯދާނެގޮތް

4.2.2 ފައިނޭންޝަލް ފޯކާސްޓް

4.3 އޮޕަރޭޝަނަލް ޕްލޭން

4.3.1 ޕްރޮޕޯސްކޮށްފައިވާ މަޝްރޫޢުގެ ޝެޑިއުލް

4.4 މެނޭޖްމަންޓް އަދި ހިއުމަން ރިސޯސަސް

4.4.1 މެނޭޖްމަންޓް ޓީމްގެ ތަޖުރިބާއާއި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހިއުމަން ރިސޯސްގެ އަދަދުގެ ތަފްސީލް

5. ދާއިރާގައިހުރި ތަޖުރިބާ

5.1 ކުރިއަށްގެންގޮސްފައިވާ މަޝްރޫޢުގެ އަދަދު، މަޝްރޫޢުގެ ބާވަތް، މަޝްރޫޢުއަށް ހިނގާފައިވާ މުއްދަތު، އަދި ކޮންމެ މަޝްރޫޢަކަށް ހޭދަކުރެވިފައިވާ ޚަރަދާއިއެކު މި ދާއިރާގައި ތަޖުރިބާ ހުރިކަން ސާބިތުކޮށްދޭ ލިޔެކިޔުން

 

 

ށ. އަމިއްލަ ފަރާތްތަކުން        

*މަޝްރޫޢުތަކަށް އިންވެސްޓްކުރުމަށް އެކަޝޭނެވަރުގެ މާލީ ހާލަތުހުރި ފަރާތްތައް

1. ހުށަހަޅާ ފަރާތުގެ ތަޢާރަފް (ބެކްގްރައުންޑް)

2. މަޝްރޫޢަށް ބޭނުންވާ ފައިސާ ފޯރުކޮށްދެވޭނެކަން ސާބިތުކޮށްދޭ ލިޔެކިޔުން

3. ދާއިރާގައިހުރި ތަޖުރިބާ

3.1 ކުރިއަށްގެންގޮސްފައިވާ މަޝްރޫޢުގެ އަދަދު، މަޝްރޫޢުގެ ބާވަތް، މަޝްރޫޢުއަށް ހިނގާފައިވާ މުއްދަތު، އަދި ކޮންމެ މަޝްރޫޢަކަށް ހޭދަކުރެވިފައިވާ ޚަރަދާއިއެކު، މި ދާއިރާގައި ތަޖުރިބާ ހުރިކަން ސާބިތުކޮށްދޭ ލިޔެކިޔުން

4. ޕްރޮޖެކްޓް މެނޭޖްކުރާ ޓީމްގެ ތަޖުރިބާ

5. ބިޒްނަސް ޕްލޭން

5.1 މާކެޓިންގ ޕްލޭން

5.1.1 ޕްރޮޑަކްޓް ސްޓްރެޓަޖީއާއި ޓާރގެޓް މާކެޓް

5.1.2 ޕްރައިސިންގ ސްޓްރެޓަޖީ

5.1.3 ޕްރޮމޯޝަނަލް ސްޓްރެޓަޖީ

5.2 ފައިނޭންޝަލް ޕްލޭން

5.2.1 ޕްރޮޖެކްޓްއަށް މާލީއެހީ ހޯދާނެގޮތް

5.2.2 ފައިނޭންޝަލް ފޯކާސްޓް

5.3 އޮޕަރޭޝަނަލް ޕްލޭން

5.3.1 ޕްރޮޕޯސްކޮށްފައިވާ މަޝްރޫޢުގެ ޝެޑިއުލް

5.4 މެނޭޖްމަންޓް އަދި ހިއުމަން ރިސޯސަސް

5.4.1 މެނޭޖްމަންޓް ޓީމްގެ ތަޖުރިބާއާއި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހިއުމަން ރިސޯސްގެ އަދަދުގެ ތަފްސީލް

 

ކޮންޓްރެކްޓާގެ ތަފްސީލު

  1. ކޮންޓްރެކްޓާ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޝައުގުހުރިކަމަށް ބަޔާންކުރާ ލިޔެކިޔުން
  2. ހުށަހަޅާދުވަހާއިހަމައަށް ވޭތުވެދިޔަ 10 އަހަރު ދުވަހުގައި ކުރިއަށްގެންގޮސްފައިވާ މަޝްރޫތަކާއި އެ މަޝްރޫޢުތަކުގެ އަގު އަދި މަޝްރޫޢު ނިންމި ކަމުގެ ލިޔުން

 

04  ޞަފަރު  1441

03  އޮކްޓޯބަރ 2019

03 އޮކްޓޫބަރު 2019
ހޯދާ