ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓްގެޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓްގެ ބޭނުމަށް RTK ޑްރޯން އާއި އެއާގުޅުންހުރި ސާމާނު ގަތުމަށް ބޭނުންވެގެން 03އޮކްޓޯބަރ 2019 ގައި ކުރެވުނު އިޢުލާން ނަމްބަރ (IUL)438-GCF/438/2019/286 ގެ ތަފްސީލަށް އައި ބަދަލަކާއި ގުޅިގެން އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް (މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، މާލެ) RTK ޑްރޯން އާއި އެއާގުޅުންހުރި ސާމާނު ގަތުމަށް ބޭނުންވެއެވެ. ވީމާ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއިއުލާނާއިއެކު ތިރީގައިވާ ލިޔެކިއުންތަށް އެއްކަރުދާސް ކުރަމެވެ.
- 'ސްޕެސިފިކޭޝަންސް' އަދި 'ޕެކޭޖިންގް ޑީޓެއިލްސް'.
- 'ޕްރައިޒް ޝެޑިއުލް'
ހުށަހަޅަންވީ ތަކެތި
- ތަކެތި ވިއްކޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން ދެފިވައިވާ 'ޕްރައިޒް ޝެޑިއުލް' އާއި އެއްގޮތަށް).
- ހުށައަޅާ ތަކެތީގެ ސްޕެސިފިކޭޝަން އެއާ އެއްކޮށް ލިބޭ ސާމާނުގެ ތަފްސީލާއި އެކު.
- ސަޕްލައި ކޮށްދިނުމަށް ނަގާނެ މުއްދަތު.
- 1000.00 ރުފިޔާގެ ބިޑު ސެކިއުރިޓީއެއް (ހުށަހަޅާ އަގު 250،000.00 ރުފިޔާއަށްވުރެމަތިނަމަ).
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު).
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
މި ބީލަމަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު
އަގު: 60ޕޮއިންޓު
(އެންމެ ހެޔޮ އަގު ހުށަހެޅި ފަރާތުގެ އަގު/ އެ ފަރާތަކުން ހުށަހަޅާފައިވާ އަގު)*60
ތަޖުރިބާ: 20 ޕޮއިންޓް
- ވޭތުވެ ދިޔަ 3 އަހަރު (2016-2019) ދުވަހުގެ ތެރޭގައި މިފަދަ މަސައްކަތެއް ކޮށްފައިވާ ކަމުގެ ކޮންމެ ލިޔުމަކަށް 2 ޕޮއިންޓް ދެވޭނެއެވެ. (ކިތަންމެ ގިނަ ލިޔުމެއް ހުށަހެޅިކަމުގައިވީ ނަމަވެސް މިބައިން ގިނަވެގެން ލިބޭނީ 20 ޕޮއިންޓެވެ. )
މުއްދަތު : 20 ޕޮއިންޓް
(އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތުގެ މުއްދަތު/ އެ ފަރާތަކުން ހުށަހަޅާފައިވާ މުއްދަތު)*20
ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 އޮކްޓޯބަރ 14ވަނަ ދުވަހުގެ 12:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2019 އޮކްޓޯބަރ 14ވަނަ ދުވަހުގެ 12:30 ޖަހާއިރު ހުށަހެޅުއްވުން އެދެމެވެ (ބަލައިގަނެވޭނީ ހަމަ އެކަނި ދެވިފައިވާ ގަޑީގަ ބިޑު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުގެ ބިޑެވެ).
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ
ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް
ވޯޓަރ އެނޑް ސެނިޓޭޝަން ޑިޕާޓްމެންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: 3018396، 3018395
އީމެއިލް : [email protected]
ނޯޓް:
- މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ : [email protected]
- މި އިއުލާނާއިގުޅިގެން ބިޑް ހުށަހެޅުމުގައި 'ޕްރައިޒް ޝެޑިއުލް' ގައިވާ ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަން ޖެހޭނެއެވެ. ހުރިހާ އައިޓަމަކަށް އަގު ހުށަނާޅާ ފަރާތްތަކުގެ ބިޑު ކެންސަލްކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަނާއި ޕެކޭޖިންގް ޑީޓެއިލްސް އަށް ނުފެތޭ ބިޑްތަށް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިމިނިސްޓްރީއަށްއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް އަށް ލިބިގެންވެއެވެ.