ދިވެހިރާއްޖެ
ހަކަތައިގެ ތަފާސް ހިސާބުތައް އެއްކޮށް، އެނަލައިޒް ކުރަން މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ހަދާފައިވާ އޮންލައިން ޑޭޓާބޭސްއަކަށް މޮޑިފިކޭޝަންސް ގެނެސްދޭނެ ފަރާތެއް ހޯދުން (ތިންވަނަ ރައުންޑް / އިޢުލާން)
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް މި އޮތޯރިޓީން ކުރެވުނު ނަންބަރު IUL)151-CSS/1/2019/4) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ތަޢާރަފް
ދިވެހި ރާއްޖޭގެ ހަކަތައާއި ބެހޭ ތަފާސް ހިސާބު ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް އެނާރޖީ އޮތޯރިޓީން ވަނީ ހަކަތައިގެ ތަފާސް ހިސާބުތައް އެއްކޮށް، އެނަލައިޒް ކުރެވޭނެ އޮންލައިން ޑޭޓާބޭސްއެއް ތައްޔާރު ކޮށްފައެވެ. މި ޑޭޓާބޭސް އިތުރަށް ޓެސްޓްކޮށް، މިހާރު ދިމާވާ ބައެއް މައްސަލަތައް ހައްލުކޮށް ބައެއް ބަދަލުތައް ގެންނަން ބޭނުންވާތީ އެކަން ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް
މި އޮތޯރިޓީގެ ވެބްސައިޓު www.energy.gov.mv ގެ ތިރީގައި ވާ ލިންކް އިން ޓީ.އޯ.އާރު ޑައުންލޯޑް ކުރަން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
(http://www.energy.gov.mv/v1/download/100)
މަސައްކަތުގެ މުއްދަތު
މި މަސައްކަތުގެ މުއްދަތަކީ އެގްރީމަންޓް ކުރެވޭ ތާރީޚުން ފެށިގެން 3 (ތިނެއް) މަސް ދުވަހެވެ.
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ދިނުން:
މި މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށްޓަކައި 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:15 ގައި މި އޮތޯރިޓީގައި މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރީބިޑް މީޓިންގ އެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. މި މީޓިންގައި މިހާރު ތައްޔާރުކުރެވިފައިވާ ޑާޓާބޭސް ގެ މަޢުލޫމާތު ޙިއްސާކޮށް، މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރަށް ސާފުކުރަން ބޭނުންވާނެ ކަމެއްވާނަމަ އެކަމާއި ބެހޭ މަޢުލޫމާތު ދެވޭނެއެއެވެ.
އަދި ޑޭޓާބޭސްގެ ޔުޒަރ އިންޓަރފޭސް އާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު ބޭނުންވާނަމަ، (ޕްރީބިޑް މީޓިންގ ގެ ކުރިން) މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ލިޔުމުން އެދިލައްވާ ފަރާތްތަކަށް މި މަޢުލޫމާތު ހިއްސާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ބިޑް ހުށަހެޅުން:
މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 16 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:30 ގައި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގައެވެ. ބިޑް ހުށަހަޅާއިރު "ޓެކްނިކަލް ބިޑް" އަދި "ފައިނޭންޝަލް ބިޑް" ހުށަހަޅަންވާނީ ބަންދުކޮށްފައިހުރި ވަކި ވަކި ސިޓީ އުރައިގައި އެއްވަގުތެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގަނޑުގައި ތިރީގައިވާގޮތަށް ލިޔެވިފައި ހުންނަންވާނެއެވެ.
*
Modification of Data Collection and Management System for Maldives Energy Authority
Round 3
DO NOT OPEN BEFORE 11:30 AM ON WEDNESDAY 16th OCTOBER 2019
Maldives Energy Authority
Handhuvaree Hingun, 20392,
Maafannu, Male’
Republic Of Maldives
*
ނޯޓު:
- 1. 16 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:30 ގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- 2. މި އިއުލާނަށް ބިޑު ހުށަހެޅޭނީ ހަމައެކަނި ޕްރީބިޑް މީޓިންގ އަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ހަނދުވަރީ ހިނގުން، މާފަންނު
އީމެއިލް: [email protected]
މި މަސައްކަތާއި ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވަން ބޭނުންވެއްޖެނަމަ މިއޮތޯރިޓީގެ ނަންބަރު 3019100 އަށް ގުޅުވުންއެދެމެވެ.