ދިވެހިރާއްޖެ
DHC/IUL/2019/08 ނަމްބަރ:
އިޢުލާނު މި މަރުކަޒުގެ ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ.މިވަޒީފާއަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ. |
|
މަސައްކަތު |
މަޤާމް: |
|
މަޤާމުގެ ނަންބަރު: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
ވަގުތީ ( 12 ސެޕްޓެމްބަރ 2019 އިން ފެށިގެން – 06 މަސް ދުވަހަށް) |
މަޤާމުގެ ގިންތި: |
އެސް.އެސް 1 |
މަޤާމުގެ ރޭންކް: |
ސަޕޯޓް ސްޓާފް ގްރޭޑް 1 ކ.ދިއްފުށީ ޞިއްޙީމަރުކަޒު |
މަޤާމުގެ ކްލެސިފިކޭޝަން: މަޤާމް އޮތް އޮފީސް: |
ކ.ދިއްފުށީ ޞިއްޙީމަރުކަޒު/ އެޑްމިނިސްޓްރޭޝަން ޑިވިޜަން
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މަހަކު 3100ރ |
މުސާރަ: |
މަހަކު 1000ރ މަހަކު 1200ރ |
ސަރވިސް އެލެވަންސް: ސަޕޯޓިރވް ކޯ އެލަވަންސް: |
ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް
|
އިތުރު ޢިނާޔަތްތައް: |
ü ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަހައްދު ހަޑިވިޔަނުދީ ކުނިކަހާ ވިނަނޮޅާ ސާފުކުރުމާއި ، ގަސްތައް ކޮށާބެލެހެއްޓުން. ü ޞިއްޙީމަރުކަޒުގެ ޢިމާރާތާއި ، އޮފީހާއި އޮފީހުގާ ހިމެނޭ މެޝިނަރީޒްތަކާއި ފަރުނީޗަރ އަދި އެހެނިހެން ތަކެތި ހަޑިވިޔަނުދީ ކުނިކަހާ ފޮޅާ ސާފްކުރުން. ü ޞިއްޙީމަރުކަޒު ހުންނަ ރަށުގެ އެކި އެކި އޮފީސްތަކަށައި އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ސިޓީ ފަދަ ތަކެތި ޙަވާލުކުރުން. ü ޞިއްޙީމަރުކަޒުގައި އުކާލަން ހުންނަ ތަކެތި ދުވަހުން ދުވަހަށް ރައްކާތެރިކަމާއެކު އުކާލާ އަންދާލަންޖެހޭ ތަކެތި އަންދާލުން. ü އެކިތަންތަނުން މަރުކަޒަށް އެއްޗެއް ގެންނަށްޖެހޭ ހާލަތްތަކުގައި ގެނައުމާއި ގެންދިއުން ü ހަވާލު ކުރެވޭ ފާހާނާތައް ހަފުތާއަކު އެއްފަހަރު ރީތިކޮށް ދޮވެ ސާފްކުރުން . ü ދިދަ ނަގާ ތިރި ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ގަޑިއަށް ދިދަނަގާ ތިރިކުރުން. ü ރަށުގައި ބަލިމަޑުކަމެއް ފެށިއްޖެނަމަ ޞިއްޙީމަރުކަޒުން ހިންގަވާ ކަންތައްތަކުގައި ބައިވެރިވެ އުޅުން. ü ޞިއްޙީމަރުކަޒުގައި ކުރެވޭ އެކިއެކި މަސައްކަތުގައި އެހެން މުއައްޒަފުންނަށް އެއްބާރުލުންދީ ޢަމަލީގޮތުން ބައިވެރިވުން. ü ޞިއްޙީމަރުކަޒުން ހިންގޭ ހެލްތް ޕްރޮމޯޝަން އެކްޓިވިޓީތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި ، މުއައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވުން ü ތަނުގެ މުއައްޒަފުންނަށް އަންނަ ބަދަލަކާއި ގުޅިގެން މަރުކަޒު ހިންގެވުމަށް ހުންނަވާ ވެރިއަކު ހަވާލު ކުރައްވާ މަސައްކަތެއް ފަރުވާތެރިކަމާއެކު އަންގަވާ އުސޫލަކުންކޮށް ނިންމުން .
|
މަޤާމުގެ މަސްއޫލިއްޔަތުތަކާ ވާޖިބުތައް: |
ލިޔަން ކިޔަން އެނގުން
ފޮޅާ ސާފުކުރުން |
މަޤާމުގެ ޝަރުޠު
ގުޅޭ ވަޒީފާގެ ދާއިރާ |
1) ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން 2) ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންwww.csc.gov.mv އަދި ދިއްފުށީ ޞިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ. 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ)ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދޭ ފޯމު ދިއްފުށީ ޞިއްޙީމަރުކަޒުން އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 އޮކްޓޯބަރ 2019 ވާ ބުދަދުވަހުގެ 13:00ގެ ކުރިން ދިއްފުށީ ޞިއްޙީމަރުކަޒުގެ އޮފީސް ބަޔަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިޔު އޮންނާނީ އިޢުލާންގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ކ.ދިއްފުށީ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތް ތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތަށްޔާރުވެގެން ތިބުން އެދެމެވެ |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
ޝޯޓް ލިސްޓްކުރުން:
|
|
|
މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، 6640645 / 9990973 އަށް ގުޅުއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު ހޯދުމަށް: |
03 އޮކްޓޯބަރ 2019