މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ސީނިއަރ ލީގަލް އޮފިސަރ

     ނަންބަރ: IUL)472/1/2019/10)

 

އިޢުލާން

 

 

މަޤާމް:

ސީނިއަރ ލީގަލް އޮފިސަރ

 

މަޤާމުގެ ނަންބަރު:    

J-305569

 

ބޭނުންވާ ޢަދަދު:

01

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ސީ.އެސް.11-2

 

މަގާމުގެ ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން / މާލެ'

 

މުސާރަ:

މަހަކު 11,830/- ރުފިޔާ

 

ސަރވިސް އެލެވަންސް:

މަހަކު 5,640/- ރުފިޔާ

 

ސްޕެޝަލް ޑިއުޓީ އެލަވަންސް:

އަސާސީ މުސާރައިގެ %35 (މަހަކު)

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ މައްޗަށް އުފުލޭ ދައުވާތަކުގައި އަދި ދައުލަތުގެ ފަރާތުން ކުރާ ދައުވާތަކަށް ޖަވާބުތައްޔާރުކުރުމާއި ކޯޓުގައި މިނިސްޓްރީ ތަމްސީލުކުރުމާއި އަދި ޤާނޫނީ އެކިއެކި މައްސަލަތަކާ ގުޅިގެން މިމިނިސްޓްރީގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށާއި އެހެނިހެން މުއައްސަސާތަކަށް އަދި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުން ތައްޔާރުކުރުން.
  2. މިނިސްޓްރީގެ ފަރާތުން ތައްޔާރު ކުރަންޖެހޭ އެގްރީމަންޓްތަކާއި ލީސް އެގްރީމަންޓް ޑްރާފްޓް ކުރުމާއި، ރިވިއުކުރުމާއި އަދި ފައިނަލްކުރުން. އަދި ސަބްލީޒް، މެނޭޖްމަންޓް، މޯގޭޖް އެގްރިމެންޓާއި އަދި އެފަދަ އެހެނިހެން އެގްރީމަންޓްތައް ރިވިއުކުރުމާއި އަދި އެގްރީމަންޓްތަކާގުޅޭ އެޑެންޑަމް އަދި ޑީޑް އޮފް އެސައިންމަންޓް ފަދަ ލިޔެކިޔުން ޑްރާފްޓްކޮށް ތައްޔާރުކުރުން.
  3. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތައް ހިންގުމުގައި ޤާނޫނާއި ގަވާއިދު ހިފެހެއްޓުމަށްޓަކައި ހަދަންޖެހޭ ގައިޑްލައިންތަކާއި ހިފަހަށްޓަންޖެހޭ މިންގަނޑުތައް އެކުލަވާލުމާއި، ދާއިރާގެ އޮފީސްތަކަށް ބޭނުންވާ އެންމެހާ ލީގަލް މަސައްކަތްތައް ރާވާ ހިންގުމާއި، މޮނިޓަރ ކުރުމާއި އަދި ސްޕަރވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒް ކުރުން.
  4. މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ޤަވާޢިދުތައް ހެދުމަށް ކުރަންޖެހޭ ދިރާސާކުރުމާއި އެފަދަ ޑްރާފްޓްކޮށް ތައްޔާރުކުރުން. އަދި މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާގެ އޮފީސްތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުން.
  5. މިމިނިސްޓްރީ އާއި މިމިނިސްޓްރީގެ ދާއިރާގައި ޤާނޫނަކުން އުފައްދަވާފައިވާ އިދާތަކުގެ ޤާނޫނާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ ބަދަލުގެނައުމަށް ދިރާސާކުރުމާއި ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، ރާވާހިންގާ ބެލެހެއްޓުން. އަދި މިނިސްޓްރީގެ ދާއިރާގެ ޤާނޫނުތަކާއި ޤަވާޢިދުތައް (އިސްލާޙުތައް ވެސްހިމެނޭހެން) އިނގިރޭސިބަހަށް ތަރުޖަމާކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
  6. މިނިސްޓްރީގެ ލީގަލް ދާއިރާގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއަރުވާ ހިންގުމަށް ބޭނުންވާ ސީޔާސަތުތަކާއި އުޞޫލުތައް އެކުލަވާލައި، އެއާއެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުން. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ބީލަންފޮތް ތައްޔާރުކުރުމާއި އެގްރީމަންޓްތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.
  7. ޤާނޫނީ މައްސަލަތަކުގައި ޤާނޫނީ ލަފާ ސެކްޝަނާއި މިނިސްޓްރީގެ އިސްވެރިންނަށް ދިނުން. އަދި އޮފީހުގެ މުވައްޒަފުން ކުރާ ސިވިލްސާރވިސް ޤާނޫނާ ޚިލާފު ކަންކަން ބަލައި އެމައްސަލަތައް ތަހުޤީގަށް ބޭނުންވާ ލިއުން ތައްޔާރުކުރުމާއި އަދި އޮފީހުގެ ކަންކަމާ ގުޅިގެން މުވައްޒަފުން ހުށަހަޅާ މައްސަލަތައް ބަލާ އެމައްސަލަތައް ޙައްލުކުރުމަށް ދޭންޖެހޭ ލަފާ ދިނުން.
  8. މިނިސްޓްރީ އާއި ދާއިރާގެ އޮފީސްތަކުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  9. މަތީގައިވާ މަސައްކަތުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްކުރުން.

 

 

 

 

މަޤާމުގެ ޝަރުތުތައް:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީއާގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީއާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމްގެ ދާއިރާތައް

  • ލޯ

 

ތައުލީމީ ރޮނގުތައް

  • ލޯ
  • ޝަރީޢާ އެންޑް ލޯ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/dv/downloads/7085 ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އާދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

 

 

ވަޒީފާ އަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ޤާނޫނާއި ޝަރީއާއި ގުޅުންހުރި ދާއިރާތަކުން ހޯދާފައިވާ އެކްރެޑިޓެޑް ސެޓްފިކެޓް 30%
  2. ޤާނޫނާއި ޝަރީއާއި ގުޅުންހުރި ދާއިރާތަކުން ފުރިހަމަ ކޮށްފައިވާ ކުރުމުއްދަތުގެ ތަމްރީނަށް 5%
  3. ސިވިލް ސަރވިސް އަށް ވަންނަން އެދޭ އިމްތިޚާން 5%
  4. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް 15%
  5. އިންޓަރވިއު އަދި ޕްރެކްޓިކަލްސް 45%
  6. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ 50% އަށްވުރެ ދަށްނުވުން.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ  14:00ގެ ކުރިން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަނދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 އޮކްޓޯބަރ 2019 އާއި 20 ނޮވެމްބަރ 2019 އާ ދެމެދު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ގައެވެ.

 

 

 

 

ޝޯޓް ލިސްޓްކުރުން

 

މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

 

 

އިތުރު މަޢުލޫމާތު ހޯދުން

 

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3310102 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

         

 

                                  04 ޞަފަރު  1441

                                  03 އޮކްޓޯބަރ 2019

03 އޮކްޓޫބަރު 2019
ހޯދާ