ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރ: (IUL)KRH-APD/2019/17 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާތިލް ކޮށްފީމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- ރަޖިސްޓްރީ ކުރުން
06 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުން ފެށިގެން 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 ން 13:00 އަށް
- ޕްރިބިޑް މީޓިންގ
09 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 10:00 ގައި
- އަންދާސީ ހިސާބު ހުށަހެޅުން
13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 11:30 ގައި
ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.