ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސްޓާފުރޫމްގައި ފާހާނާއެއް ޢިމާރާތްކުރުމާ ގުޅޭ:
މިސްކޫލުގައި ސްޓާފުން ބޭނުންކުރުމަށް ހާއްސަ ފާހާނާއެއް، މިސްކޫލުންދޭ މައުލޫމާތާއި އެއްގޮތަށް އިމާރާތްކުރުމަށް ކުރެވުނު އިއުލާން ނަންބަރ GS138IUL2019P15 އާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅި ފަރާތްތަކުގެ ތެރޭގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ، ފަރާތެއް ނުހިމެނޭތީވެ އަލުން ފުރުސަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށައަޅުން |
2019 އޮކްޓޯބަރ 07 ވަނަ ދުވަހުގެ 13:00 ގައި ސްކޫލްގެ އޮފީހުގައި |
2019 އޮކްޓޯބަރ 10 ވަނަ ދުވަހުގެ 13:00 ގައި ސްކޫލްގެ އޮފީހުގައި |
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު، ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅިދާނެއެވެ.
އަންދާސީހިސާބު ހުށައަޅާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައެވެ. އަންދާސީހިސާބު ހުށައަޅޭނީ މަޢުލޫމާތު ސާފުކޮށްފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެން ފަރާތެއްގެ ނަމުގައި ހުށައަޅާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށައަޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މި މަސައްކަތަކަށް އަންދާސީހިސާބު ހުށައަޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.