ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ބާ ކައުންސިލުން އެކުލަވާލަމުންދާ ގަވާއިދުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ވެލިޑޭޝަން ވަރކްޝޮޕް

ބާ ކައުންސިލުން އެކުލަވާލަމުންދާ ގަވާއިދުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ވެލިޑޭޝަން ވަރކްޝޮޕް

 

ޤާނޫނު ނަންބަރު 5/2019 (ޤާނޫނީ ފަންނުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކުލަވާލަމުންދާ ގަވާއިދުތަކާ ގުޅޭގޮތުން ޤާނޫނީ ވަކީލުންނާއެކު މަޝްވަރާކުރުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވެއެވެ. ވީމާ، ބާ ކައުންސިލުން އެކުލަވާލަމުންދާ ގަވާއިދުތަކާ ގުޅޭގޮތުން ޤާނޫނީ ވަކީލުންނާއެކު މަޝްވަރާކުރުމަށް ބާއްވާ ވެލިޑޭޝަން ވަރކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ މެންބަރުންނަށް ޢާންމުކޮށް ހުޅުވާލަމެވެ.

 ވަރކްޝޮޕް ބާއްވާ ތާރީޚް:

 7 އޮކްޓޫބަރު 2019

 ވަރކްޝޮޕް ބާއްވާ ތަން:

 ބާ ޖަމާލުއްދީން ސްކޫލް، ނިކަގަސްމަގު، މާލެ

 ވަރކްޝޮޕް ބާއްވާ ވަގުތު:

 ފުރަތަމަ ސެޝަން:  14:00 އިން 17:00 އަށް

 ދެވަނަ ސެޝަން:   20:00 އިން 23:00 އަށް

 މަޝްވަރާކުރުމަށް   ހަމަޖެހިފައިވާ ގަވާއިދުތައް:

  1. ޤާނޫނީ ވަކީލުންގެ ސުލޫކާބެހޭ ގަވާއިދު
  2. ޤާނޫނީ ވަކީލުކަމުގެ ހުއްދައާބެހޭ ގަވާއިދު
  3. ލޯ ޕްރެކްޓިސް އަދި ލޯ ފަރމްތަކާބެހޭ ގަވާއިދު
  4. ޕަބްލިކް ނޯޓަރީގެ ގަވާއިދު
  5. އަސްލާ އެއްގޮތްކަމުގެ ތައްގަނޑު(އެޓެސްޓޭޝަން) ޖެހުމާބެހޭ ގަވާއިދު
 
މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ޤަވާޢިދުތަކުގެ ދެލިކޮޕީ ތިރީގައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ:

https://maldivesbarcouncil.org/drafts-of-regulations/

ވީމާ، މި ވަރކްޝޮޕްގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޤާނޫނީ ވަކީލުން، އެބޭފުޅެއްގެ (1) ނަމާއި، (2) ދާއިމީ އެޑްރެސް (3) އައި.ޑީ ކާޑު ނަންބަރު (4) ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ނަންބަރު އަދި (5) ފޯނު ނަންބަރު، [email protected] އަށް 06 އޮކްޓޫބަރު 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އީ-މެއިލްކުރެއްވުން އެދެމެވެ.

 

04 ޞަފަރު 1441

03 އޮކްޓޫބަރު 2019

 

03 އޮކްޓޫބަރު 2019
ހޯދާ