ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
52 އާއިލާއަށް ސަރުކާރުންދެއްވާ ފައިސާއާއިގުޅޭ

ނަންބަރު: (IUL)262/262/2019/52 

 

އިޢުލާން

 

 

                ސަރުކާރުން އެއްފަސްކުރުމުގެ ސިޔާސަތުގެދަށުން 2011 ވަނައަހަރު ހދ.ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫއިން ބަދަލުކުރައްވާފައިވާ އާއިލާތަކުގެ ތެރެއިން މިހާތަނަށް ދާއިމީ ބޯހިޔާވައިކަން ލިބިފައިނުވާ 52 ޢާއިލާއަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ބަދަލުފައިސާގެ ތެރެއިން ފުރަތަމަ ދިނުމަށް ހަމަޖެހިފައިވާ ފައިސާ މިއިދާރާއަށް ވަނީ ލިބިފައެވެ.

                ވީމާ، މިފައިސާ ލިބެންވާ ގޭގެ ވެރިފަރާތްތަކުން 02 އޮކްޓޫބަރ 2019 ވާ ބުދަ ދުވަހުން ފެށިގެން އޮފީސް ހުޅުވިފައި ހުންނަ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 12:00 އާއި ދޭތެރޭ، 2 ހެކިންނާއި އެކު މިއިދާރާއަށް ދުރުވެ ފައިސާއާއި ހަވާލުވުން އެދެމެވެ. ފައިސާއާއި ހަވާލުވުމަށް ދުރުވާއިރު ގޭގެ ވެރިފަރާތުގެ އައިޑީ ކާޑާއި ދެހެކިންގެ އައިޑީކާޑު ގެންނެވުމަށް ދެންނެވީމެވެ.

                ގޭގެ ވެރިފަރާތް ނިޔާވެފައިވާ ގޭގެ ފައިސާއާއި އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް ރަޖިސްޓްރީކޮށްފައިވާ ގޭގެ ފައިސާ ހަވާލުކުރެވޭނީ ހައުސިން މިނިސްޓްރިގެ ލަފަޔާއި އެކު ޝަރުޢީ ކޯޓު މެދުވެރިކޮށެވެ.

     ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

02 އޮކްޓޫބަރު 2019
ހޯދާ