އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
 މިރަށު ބަނދަރު ސަރަޙައްދުގައި ތެޔޮ ވިޔަފާރިކުރުމަށް 4645.96 އަކަފޫޓްގެ ބިމެއް ކުއްޔަށް ދޫކުރުމާއި ގުޅޭ:

v     މިރަށު ބަނދަރު ސަރަޙައްދުގައި ތެޔޮ ވިޔަފާރިކުރުމަށް 4645.96 އަކަފޫޓްގެ ބިމެއް ކުއްޔަށް ދޫކުރުމާއި ގުޅޭ:

 

މިރަށު ބަނދަރު ސަރަޙައްދުގައި ތެޔޮ ވިޔަފާރިކުރުމަށް 4645.96 އަކަފޫޓްގެ ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތް ތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.  

              ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

09 އޮކްޓޯބަރ 2019

ބުދަ

މެންދުރު ކުރި 11:00

ބިޑް ހުށަހެޅުން

27 އޮކްޓޯބަރ 2019

އާދިއްތަ

މެންދުރު ކުރި 11:00

 

            މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަނެވޭނެ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް އެފަރާތުގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގަނެވިދާނެއެވެ.

                  މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ.

                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                           02 ޞަފަރު 1441

01 އޮކްޓޫބަރު 2019

01 އޮކްޓޫބަރު 2019
ހޯދާ