ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އައި.ޓީ އޮފިސަރ

މި އޮތޯރިޓީގެ ނަންބަރ IUL)221-HRS/221/2019/51) އިއުލާނާއި ގުޅިގެން އެ މަޤާމަށް ކުރިމަތީލީ ފަރާތްތަކުގެ މަޤާމަށް ބޭނުންވާ އަސާސީ ޝަރުތު ފުރިހަމަ ނުވުމާއި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާތީ، އެ މަޤާމަށް އަލުން އިއުލާން ކުރަމެވެ.

މަޤާމް:

އައި.ޓީ އޮފިސަރ

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގރ2

މަޤާމުގެ ރޭންކް:

MS2

މަޤާމުގެ ގިންތި:

ދާއިމީ

ވަޒިފާއަދާ ކުރަންޖެހޭ ތަން:

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާރވިސަސް ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ

އަސާސީ މުސާރަ:

6,295.00 ރ

ސަރވިސް އެލަވަންސް:

2,000.00 ރ

އެހެނިހެން އެލަވަންސް:

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

އަސާސީ މުސާރައިގެ %35 (ތިރީސް ފަސް އިންސައްތަ)

ލިވިންގ އެލަވަންސް:

3,000.00ރ (ޕްރޮބޭޝަނަށް ފަހު)

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުތު:

 

1) މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީގްރޭޑް ލިބިފައިވުން.

ނުވަތަ

2) މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 1އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3) މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން މަޢުލޫމާތު:

  • މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:

އިންފޮމޭޝަން ޓެކްނޮލޮޖީ

ކޮމްޕިއުޓަރ ހާޑުވެއަރ އެންޑް ސޮފްޓްވެއަރ

  • ތަޢުލީމީ ރޮނގުތައް:

- އިންފޮމޭޝަން ޓެކްނޮލޮޖީ

- ކޮމްޕިއުޓަރ ހާޑުވެއަރ އެންޑް ސޮފްޓްވެއަރ

  •  މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ (އެމް.އެން.ކިއު.އެފް) ލެވެލް 8 ގެ ސަނަދެވެ. އަދި ލެވެލް 9 ން ފެށިގެން މަތީ ސަނަދުތައް މި މަޤާމަށް އޯވަރކޮލިފައިޑް ކަމަށް ބެލެވޭނެއެވެ.
  • މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަޤާމުގެ އަސާސީ ޝަރުތެއް ފުރިހަމަ ނުވާނަމަ މަޤާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ.
  • ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހުގެ ހުރިހާ ކޮންޕިޔުޓަރު ސިސްޓަމްތައް އަޕްގްރޭޑްކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  2. އޮފީހުގެ ސަރވަރ ސިސްޓަމާއި ޓެލެފޯން ނެޓްވޯކް އަދި ވެބްސައިޓް ބެލެހެއްޓުން.
  3. އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންޓްރާ ނެޓްވޯކް ގާއިމްކޮށް ބެލެހެއްޓުން.
  4. ކޮމްޕިޔުޓަރ ސިސްޓަމްތަކާއި އޮފީހުގެ ހުރިހާ އައިޓީ ސާމާނަށް ދިމާވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ މައްސަލަތައް ޙައްލުކުރުން.
  5. މުވާޞަލާތީ ޚިދުމަތަށް ބޭނުންވާ ކަންކަމަށް މަގުފަހި ކޮށްދިނުން.
  6. އެލް.ޖީ.އޭގެ އައި.ޓީ އިންވެންޓްރީ ބެލެހެއްޓުން.
  7. އޮފީހުގެ މަސައްކަތްތަކާ ގުޅުންހުރި ސޮފްޓްވެއަރތައް ހޯދުމާއި، އީ–ސަރވިސްތައް ތަޢާރަފްކޮށް ތަރައްޤީކުރުން.
  8. އީ-ގަވަރމަންޓް އާއި އެހެނިހެން އައި.ޓީ އާއި ގުޅުން ހުރި ތަމްރީންތައް މުވައްޒަފުންނަށް ދިނުން.
  9. އޮފީހުގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ރިޕޯރޓް ހެދުމަށް އެހީތެރިވެދިނުން.
  10. އެލް.ޖީ.އޭގެފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ޓްރެއިނިންގ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގައި އަމަލީ ގޮތުން ބައިވެރިވުމާއި، އެލް.ޖީ.އޭ އިން ތައްޔާރުކުރާ މަޢުލޫމާތު ކަރުދާހާއި ލުއި ފޮތްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  11. ތައްޔާރު ކުރެވިފައިވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ

5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

ނޯޓް:

  • ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
  • ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  • މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

-          ތަޢުލީމާއި ތަމްރީން: %40

-          މަސައްކަތު ތަޖުރިބާ: % 12

-          ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48 

  • މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އީ-މެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 
01 އޮކްޓޫބަރު 2019
ހޯދާ