ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފަރުނީޗަރާއި ފިޓިންގްސް

އިޢުލާން

            މިހޮސްޕިޓަލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލާއި ށ.އަތޮޅުގެ އެހެނިހެން ސިއްޙީ މަރުކަޒުތަކަށް ހޯދަންޖެހޭ ފަރުނީޗަރާއި ފިޓިންގްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.  

ވީމާ، ފަރުނީޗަރާއި ފިޓިންގްސް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 01 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުން ފެށިގެން 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މިއޮފީހަށް ނުވަތަ މާލެއިންނަމަ މިނިސްޓްރީއޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގް) ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމެންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.  އަދި 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ޕްރީ ބިޑް ސެޝަންއެއް މިއޮފީހުގަޔާއި މިނިސްޓްރީއޮފް ހެލްތް (ރޯޝަނީ ބިލްޑިންގް)ގައި އޮންނާނެއެވެ.

އަންދާސީ ޙިސާބު ހުށައެޅުން އޮންނާނީ 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި މި މިއޮފީހުގަޔާއި މިނިސްޓްރީއޮފް ހެލްތު (ރޯޝަނީ ބިލްޑިންގް)ގައެވެ.

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެވަޑައި ގަންނަވާނަމަ 07   އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން [email protected]  ނުވަތަ [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.        

01 ޞަފަރު    1441

30 ސެޕްޓެންބަރު 2019
ހޯދާ