ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ އައި.ޓީ ހާޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

a

 

 

 

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

    ގދ. ތިނަދޫ،

      ދިވެހިރާއްޖެ

 

                          ނަމްބަރ: ASMH/MSS/IUL/2019/10

 

ޢިއުލާން

 

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ އައި.ޓީ ހާޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 01 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުން ފެށިގެން 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ ރަސްމީދުވަސްތަކުގައި މިހޮސްޕިޓަލުގެ އޮފީހަށް ނުވަތަ މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަނަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ.  އަދި 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ޕްރީބިޑް ސެޝަންއެއް މި ހޮސްޕިޓަލް އަދި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި ހޮސްޕިޓަލް އަދި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected].mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

30 ސެޕްޓެެމްބަރ 2019

                                އަހްމަދު ސައީދު

 

 

                                  މެނޭޖަރ 

30 ސެޕްޓެންބަރު 2019
ހޯދާ