ދިވެހިރާއްޖެ
އިޢުލާން
ބޮޑުގުދަނުގެ ފުރަގަހުގަ އޮންނަ 24,692 އަކަ ފޫޓްގެ ބިން ކުއްޔަށް ދިނުމާބެހޭ.
މިރަށުޖެޓީކައިރީގައި ހުރި ބޮޑުގުދަނުގެ ފުރަގަހުގަ އޮންނަ 24692 އަކަފޫޓްގެބިން 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްޓަކައި ކުއްޔަށް ދިނުމަށް ހަމަ ޖެހިފައިވެއެވެ.ބިމާ،ބެހޭގޮތުން މަޢްލޫމާތު ދިނުން އޮންނާނީ 2019 އޮކްޓޯބަރ 10 ބުރާސްފަތި ދުވަހުގެ މެންފަހު 1:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވާ އެސްޓިމޭޓް ކެނޑުންއޮންނާނީ ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި17 އޮކްޓޫބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގައި މިއިދާރާގެ ޖަލްސާކުރާމާލަމުގައެވެ.ބިންކުއްޔަށް ހިފަންބޭނުންފުޅުވާ ފަރާތަށް ޙާޟިރު ނުލެއްވޭނަމަ އެފަރާތުގެ ލިޔުމަކާއިއެކު ބަދަލުގައި މީހަކު ފޮނުއްވިދާނެއެވެ.
މި ގޮތުން ހުށަހެޅޭނެ އެންމެދަށް އަގަކީ މަހަކު -/17,285ރ.(ސަތާރަހާސް ދުއިސައްތަ އަށްޑިހަ ފަސްރުފިޔާ)އެވެ. ސިޓީއުރައިގެ ބޭރުގައި" ބޮޑުގުދަނުގެފުރަގަހުގަ އޮންނަބިން ކުއްޔަށްހިފުމަށް އެދި" މިހެންލިޔުއްވަންވާނެއެވެ. ކުންފުންޏަކުން އެދިލައްވާނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީއާއި ޖީއެސްޓީ ރަޖިސްޓަރީ ކޮޕީ އަމިއްލަ ފަރާތަކުންނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް އެސްޓިމޭޓާއިއެކުއެކު ހުށަހަޅުއްވަންވާނެއެވެ.
ބިން ކުއްޔަށް ދޫކުރެވޭނީ ސިޓީ ހުށަހަޅާފަރާތްތަކުގެ ތެރެއިން އެންމެބޮޑު ކުއްޔެއް އަދި އެންމެ ރަގަޅުހުށަހެޅުމެއް ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތަކަށެވެ.
އިތުރުމަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6640183 ނަމްބަރ ފޯނާއެވެ.
ބިމުގެ އޭރިޔާއަކީ 24692 (ސަތާރަހާސް ދުއިސައްތަ އަށްޑިހަ ފަސްރުފިޔާ) އަކަފޫޓެވެ.
ހުށަހެޅޭނެ އެންމެދަށްއަގު -/17,285ރ (އަށާރަހާސް ރުފިޔާ)
މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.