ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
މަސްޖިދުއްސުލްޠާން މުހައްމަދު ތަކުރުފާނުލް އަޢުޡަމުގައި ޤުރްއާން ކްލާސްތަކެއް ފެށުމާއި ގުޅޭ

އިޢުލާން

މަސްޖިދުއްސުލްޠާން މުހައްމަދު ތަކުރުފާނުލް އަޢުޡަމުގައި ޤުރްއާން ކްލާސްތަކެއް ފެށުމަށްވަނީ ހަމަޖެހިފައިއެވެ.

ޝަރުޠު:  - އުމުރުން 6 - 13 އަހަރު ،

       - ބަލައިގެން ކިޔަވަން އެގުން

ކްލާހުގެ އަދަދު : 2 (ހެނދުނު 1 ކްލާސް، ހަވީރު 1 ކްލާސް)

ދަރިވަރުން ގެ އަދަދު: ކޮންމެ ކްލާހެއްގައި 15 ދަރިވަރުން

 

ވީމާ، މި ޤުރުއާން ކްލާހުގައި ބައިވެރިވުމަށް އެދޭފޯމު 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން މި މަރުކަޒުގެ ކައުންޓަރުން ދޫކުރަމުން ގެންދާނެއެވެ. ކްލާހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 06 އޮކްޓޯބަރ 2019ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން މި މަރުކަޒަށް ހުށަހެޅުން އެދެމެވެ. މި ކްލާހަށް ފުރުސަތު ލިބޭނީ މި ކްލާހަށް ކުރިމަތިލާ ކުދިންގެ ތެރެއިން ޓެސްޓެއް ނެގުމަށްފަހު އެންމެ މަތީ މާރކްސް ލިބޭ 30 ކުދިންނެވެ.

 

 

30 ސެޕްޓެންބަރު 2019
ހޯދާ