ދިވެހިރާއްޖެ
(IUL)337/337/2019/60 ނަންބަރު
ވަޒީފާގެ ފުރުޞަތު
މިއިދާރާގެ ނަމްބަރ: (IUL)337/337/2019/31 ( 23 އޭޕްރީލް 2019) އިޢުލާންއާއި ގުޅިގެން ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަޤާމަށް އިޢުލާން ކުރީމެވެ.
އިޢުލާނު |
||
ޕްރޮޖެކްޓް އޮފިސަރ |
މަޤާމް: |
|
(J-271992) |
މަޤާމުގެ ނަންބަރު: |
|
01 (އެކެއް) |
ބޭނުންވާ އަދަދު: |
|
( ދާއިމީ ) |
މަޤާމުގެ ގިންތި: |
|
(އެމް.އެސް 1) |
މަޤާމުގެ ރޭންކް: |
|
(ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ) |
މަޤާމުގެ ކްލެސިފިކޭޝަން: |
|
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ / ކ.މާފުށި |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
|
-/5610 ރުފިޔާ |
މުސާރަ: |
|
-/2000 ރުފިޔާ -/700 ރުފިޔާ |
ސަރވިސް އެލެވަންސް: ސަޕޯޓިންގ ކޯ އެލަވަންސް: |
|
ސިވިލް ސާރވިސް ޤާވާއިދުގައިވާ ގޮތުގެ މަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސްތައް ހަމަޖެއްސޭނެއެވެ. |
އެހެނިހެން އެލަވަންސް: |
|
2- ލާމަރުކަޒީ ޤާނޫނުގެ 23 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ރަށް ތަރައްޤީ ކުރުމަށް ހިންގާ ޕްރޮޖެކްޓްތައް ކައުންސިލާ ޒިންމާދާރުވެރިންގެ މަޝްވަރާގެ މަތީން ކުރުން. ހ- ރައްޔިތުންގެ ބައިވެރިވުމާއެކު ތަރައްޤީގެ ޕްލޭން ތައްޔާރު ކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމުގެ ގޮތުން ލިސްޓްތައް އެކުލަވާލުމާއި، ކައުންސިލް އިދާރާގެ ސްޓާރފުންގެ މެދުގައި ބައްދަލުވުންތައް ބޭއްވުން. ށ- ތަރައްޤީ ޕްލޭން އެކުލަވާލުމަށް ބާއްވާ ވޯރކްޝޮޕް ގެ އެންމެހާ މަސައްކަތްތައް ހިންގުން ރ- ތަރައްޤީ ޕްލޭން ހަދުމަށްބޭނުންވާ ވޯރކްޝޮޕަށް ބޭނުންވާ އެންމެހާ ޚަރަދުތައް ޕްރޮކިޔުމަންޓަށް ހުށަހަޅާ ތައްޔާރުވުން.
3- ކައުންސިލް މެމްބަރުން ގެ ދައުރު ހަމަވެ ކައުންސިލް ބަދަލްވާ ޙާލަތުގައި ކުރީގެ ކައުންސިލުން ނިންމާ ހިންގަންފަށާފައިވާ ޕްރޮޖެކްޓްތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން (23 ދ) ހ- މިފަދަ ޙާލަތުގައި ކުރީގެ ކައުންސިލުން ފައްޓަވާފައިވާ މުހިންމު ޕްރޮޖެކްޓަތަކަކީ ކޮބައިތޯ ބަލާ ދެން އަންނަ ކައުންސިލާ އެކަންކަން ޙިއްސާކޮށް މަޝްވަރާ ކުރުން. ށ- ކައުންސިލް ދައުރު ބަދަލްވާ ޙާލަތުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކައުންސިލް ބިއުރޯއާއި ގުޅިގެން ޒިންމާދާރުވެރިންގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދެވުން. ނ- އައުކައުންސިލް ހުވާކުރުމާއި، އެބޭފުޅުންގެ ފުރަތަމަ ޖަލްސާގެ ކަންކަމާއި އެބޭފުޅުން އިދާރާގައި މަސައްކަތް ކުރާނެ ގޮތްތަކާބެހޭގޮތުން ކައުންސިލް ބިއުރޯއާއި ގުޅިގެން ޒިންމާދާރުވެރިންގެ މަޝްވަރާއާއިއެކު ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
4- ކައުންސިލްތަކުން ދިނުމަށް ޤާނޫނުން ލާޒިމްކުރާ އެންމެހާ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިކަން ދެއްވުން (ހށ-24) 5- ތަރައްޤީގެ ޕްރޮޖެކްޓްތައް ރޭވުމާއި އަމިއްލަ ކުންފުނިތަކާއި، ޖަމާޢަތްތަކާއި ކްލަބް ޖަމްޢިއްޔާތަކުގެ ޙިއްސާ ހޯދުމަށް އެފަރާތްތަކަށް ފޮނުވަންޖެހޭ މަޢްލޫމާތުތައް ފޯރުކޮށް ދިނުން (74) ރަށުގެ ރައްޔިތުންގެ ބައިވެރިވުމާއިއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި،މި ގޮތުން އެކުލަވާލެވޭ ޕްލޭން އަތޮޅުކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން. އަދި ކުރިޔަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރުމުގެ ކުރިން ރަށު ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށް އެކްޝަން ޕްލޭންތައްޔާރުކޮށް އަތޮޅުކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން. އަދި ވެސް މީގެ އިތުރުން ކައުންސިލުން ރާވާއިގެން ހިންގާ އެކިއެކި ޕްރޮޖެކްޓްތަށް ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ބެލެހެއްޓުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް އާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
މަޤާމުގެ ޝަރުޠުތައް: |
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ (14:00) ގެ ކުރިން، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ( [email protected] ) އަދި ފެކްސް (6640073) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 08 އޮކްޓޯބަރ 2019 އާއި 16 އޮކްޓޯބަރ 2019 އާ ދެމެދު، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.
|
އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
ޝޯޓް ލިސްޓްކުރުން:
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6640073) އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، ( 6640073) އެވެ. އީ-މެއިލް ކުރާނީ ([email protected] )އަށެވެ. |
|
|
|
|
|
30 މުޙައްރަމް 1441
29 ސެޕްޓެމްބަރ 2019