ދިވެހިރާއްޖެ
މި ކޯޕަރޭޝަން ހިންގުމަށް އޮފީސް އިމާރާތެއް ހޯދުން
މި ކޯޕަރޭޝަނުން 05 ސެޕްޓެމްބަރ 2019 ގައި ޝާޢިއުކުރި ނަންބަރު: IUL)MITDC-BU/1/2019/11) އިޢުލާން ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލީމެވެ.
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޯޕަރޭޝަންގެ އޮފީސް ހިންގުމަށް، 1500 އާއި 2000 އަކަފޫޓް އާއި ދެމެދު ގެ އިމާރާތެއް، މާލެއިން ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. މިދެންނެވިވަރުގެ ޖުމްލަ ޖާގައެއް، 2 ފްލޯއަކުން ލިބޭކަމުގައިވާނަމަވެސް، މި ބީލަމުގައި ބައިވެރިވެވޭނެއެވެ.
ވީމާ، މިފަދަ އިމާރާތެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 10:30 އަށް މިކޯޕަރޭޝަންއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ 10:30 އަށް މިކޯޕަރޭޝަންއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނާއެވެ.
30 މުޙައްރަމް 1441
29 ސެޕްޓެމްބަރ 2019