ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު (ތިންވަނަ އިޢުލާން)
1. މިސުކޫލުގައި މިވަގުތަށް ކޮންމެހެން ކުރަން ބޭނުންވާ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިސްކޫލްގެ ނަންބަރު (GS-107/2019/21) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ނަން ނޯޓުކޮށްފައިނުވާތީ، މިމަސައްކަތަށް ޝަރުތުހަމަވާ،އަދި ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ
2. މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ސެޕްޓެމްބަރ 30 އިން 2019 އޮކްޓޯބަރ 6 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:15 އިން 12:15 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮކްޓޯބަރ 6 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 އޮކްޓޯބަރ 8 ވާ އަންގާރަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލް ގައެވެ.
6. ބިޑް ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 10 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލްގައެވެ.
7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯކައިދޫ ސްކޫލް
ށ.ފޯކައިދޫ
ހުކުރުމަގު، ފޯކައިދޫ، ދިވެހިރާއްޖެ.
ފޯން: 6540542
އީ-މެއިލް:[email protected]
ކޮޕީ އީ-މެއިލް: -
30 މުޙައްރަމް 1441
29 ސެޕްޓެމްބަރ 2019