ދިވެހިރާއްޖެ
މިރަށު އުތުރުގައިވާ "އަންހެނުންގެ ނަމާދުގެ" އިމާރާތް ޕަމްޕް ސްޓޭޝަންއެއްގެ ގޮތުގައި ބޭނުންކުރުމަށްޓަކައި އެ އިމަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ |
06 އޮކްޓޯބަރ 2019 (އާދީއްތަ) ދުވަހުގެ 13:00 އަށް. |
އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނީ |
09 އޮކްޓޯބަރ 2019 (ހޯމަ) ދުވަހުގެ 13:00 އަށް. |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.
27 މުޙައްރަމް 1441
26 ސެޕްޓެމްބަރު 2019