އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ދަނގެތީ ވޭސްޓްމެނޭޖްމަންޓް ސެންޓަރގެ އިރުންއޮތް ހުސްބިމުން ހަރުގެ އެޅުމަށް 02 ބިން ކުއްޔަށް ދޫކުރުން

        މި ކައުންސިލް އިދާރާއިގެ ނަންބަރު: (IUL)352-S.B.1/352/2019/11  (15-09-2019) އިޢުލާން އިން ގުދަން ހެދުމަށް ކުލީބިމުގެ ގޮތުގައި ދޫކުރަން ނިންމާފައިވާ 16 ބިން ކުއްޔަށް ދޫކުރުމަށް ނިންމާ، އިޢުލާން ޢާއްމު ކުރުމުން އެ އިޢުލާން އާއި ގުޅިގެން އެކަމަށް އެދި ހުށަހަޅާފައިވާ  ގުދަން ހެދުމަށް ބިޑް ޑޮކިއުމަންޓް ދޫކޮށްފައިވާ ފަރާތް ތަކުގެ ބިޑް ޑޮކިއުމަންޓް ބަލާއި ގަތުމަށްފަހު، އެ ބިމުގައި ފައިބަރ ގްލާސް ބޭނުން ކޮށްގެންނާއި، ލަކުޑިން އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ތަކަށް ހަރުގެ އެޅުމަށް ދޫކުރަން ނިންމާފައިވާ 02 ބިމަށް އެދި ހުށަހެޅުމަށް މިކައުންސިލްގެ އިދާރާއިން ވިއްކި ބިޑު ފޮތުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ މުހިންމު މާއްދާއެއް ހިމެނިފައި ނުވާކަން މިކައުންސިލްގެ އިދާރާއަށް ފާހަގަ ކުރެވިގެން އޮޑިހަރުގެ އެޅުމަށް ދޫކުރުމަށް ނިންމާފައިވާ 02 ބިމައް އެދުނު ފަރާތް ތަކަށާއި، އަދި މިކަމަށް ބޭނުންވާ އިތުރު ފަރާތްތަކަށް މިފުރުޞަތު ދިނުމުގެ ގޮތުން އެ އިޢުލާންގައިވާ 02 އޮޑިހަރުގެ ދޫކުރުމަށް އޮތްބައި ބާޠިލް ކޮށްފީމެވެ.

        ވުމާއެކު، އދ.ދަނގެތީ ވޭސްޓްމެނޭޖްމަންޓް ސެންޓަރގެ އިރުމަތީ ފަރާތު ( ކުނިގޮނޑު ހުރި ސަރަޙައްދުގެ )  ދެކުނުގައި، އޮތް ހުސް ބިމުގައި ފައިބަރ ގްލާސް ބޭނުން ކޮށްގެންނާއި، އަދި ލަކުޑިން އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުމަށް ހަރުގެ އަޅަން ކުއްޔަށް ދޫކުރަން ނިންމާފައިވާ 02 ބިމަށް ޝަވްޤްވެރިވެ ލަށްވާ ފަރާތްތަކަށް  އަލުން އެ ފުރުޞަތު ހުޅުވާލާއި ފީމެވެ.

        ވީމާ، މިކައުންސިލް އިދާރައިގެ ނަންބަރު: (IUL)352-S.B.1/352/2019/11  (15-09-2019) އިޢުލާން އާއި ގުޅިގެން ބިޑް ޑޮކިއުމަންޓް ގަނެފައިވާ ފަރާތްތަކުން މި އިޢުލާން އާއި ގުޅިގެން  އިތުރު ބިޑް ޑޮކިއުމަންޓެއް ގަންނާކަށް ނުޖެހޭނެއެވެ. އެހެން ނަމަވެސް ކުރިން ގަނެފައިވާ ބިޑް ޑޮކިއުމަންޓް މި އިދާރާއަށް ގެނެސް ފަހުގެ ޑޮކިއުމަންޓް އަށް ބަދަލް ކުރުމަކީ، ކުރިން ފޮތް ގަނެފައިވާ ފަރާތުގެ ޒިންމާއެކެވެ.  ވުމާއެކު، މި 02 ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ، 2019 ސެޕްޓެމްބަރު 29 އިން 2019 އޮކްޓޫބަރު 05 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 13:30ށް އދ.ދަނގެތި  ކައުންސިލްގެ އިދާރާ ގައެވެ. ބިޑް ޑޮކިއުމަންޓެއްގެ އަގަކީ 300.00ރ ( ތިންސަތޭކަ ރުފިޔާ) އެވެ. ބިޑް ހުށަހަޅަންވާނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. މިގޮތުން ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރާއި، ބިޑްކުރަނީ ކޮންބާވަތެއްގެ މަސައްކަތެއް ކަން އެނގޭގޮތައް ސިޓީއުރައިގެ ބޭރުގައި ލިޔެފަ އޮންނަން ވާނެއެވެ.  ބިޑް ހުޅުވުން އޮންނާނީ،  2019 އޮކްޓޫބަރު 13 ވާ އާދިއްތަ ދުވަހު 13:00 ގައި އދ.ދަނގެތި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

        މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވެ ލައްވާނަމަ، އދ.ދަނގެތި ކައުންސިލް އިދާރާގެ ނަންބަރު 6680888 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

29 ސެޕްޓެންބަރު 2019
ހޯދާ