ދިވެހިރާއްޖެ
މި އިޢުލާންވަނީ 29 ސެޕްޓެންބަރު 2019 11:52 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
މި ބިއުރޯގެ ފަރާތުން އަތޮޅު ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސަރވޭގެ މަސައްކަތައް ތިރީގައި މިދަންނަވާ ރަށްތަކަށް ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ދަތުރު ތަފްޞީލް.
ފުރަތަމަ ދަތުރު: މާލެ/އދ.ހަންޏާމީދޫ/އދ.ކުނބުރުދޫ/އދ.އޮމަދޫ/އދ.މަހިބަދޫ/އދ.ދަނގެތި
ފުރާތާރީޚް: 4 އޮކްޓޯބަރު 2019
މީހުންގެ އަދަދު: 12 މީހުން
ދެވަނަ ދަތުރު: އދ.މަންދޫ/އދ.ފެންފުށި/އދ.ދިއްދޫ/އދ.މާމިގިލި/އދ.ދިގުރަށް/މާލެ.
މާލެ އަންނަ ތާރީޚް: 22 އޮކްޓޯބަރު 2019
މީހުންގެ އަދަދު: 12 މީހުން
ވީމާ، މިދަތުރުތައް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 2019 ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް( ދާރުލް އީމާން ބިލްޑިނގް 9 ވަނަ ފަންގިފިލާއަށް) ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަދި މިގަޑީގެ ފަހުން ގެންނަ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަގު ހުށަހަޅާއިރު ސަމާލުކަން ދޭންވީކަންކަން.
- ކޮމްޕެނީއަކުން ހުށަހަޅާނަމަ، ކޮމްޕެނީގެ ރަޖިސްޓްރީ ކޮޕީ.
- އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ކޮޕީ.
- އަގު ހުށަހަޅާނީ 2 ދަތުރުގެ އަގު ވަކިން ދެ ކޯޓޭޝަންގައެވެ. އަދި ކޮންމެ ކޯޓޭޝަނެއްގައި ޖިއެސްޓީ ހިމަނައިގެން ޖުމްލަ އަގު އެނގެން އޮތުން.
- ދަތުރުކުރާ ލޯންޗަކީ ރައްކާތެރިކަމާއިއެކު އެންމެނަށް ދަތުރުކުރެވޭނެ އެކަށީގެންވާ ފެންވަރެއްގެ ލޯންޗަކަށްވުން.
ދަތުރުތައް ކުރުމަށް ހަވާލުކުރެވޭނީ އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަކަށެވެ.
މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު./3008414 /3008400 އަށް ގުޅުއްވުން އެދެމެވެ.