ދިވެހިރާއްޖެ
އިޢުލާނު
މިކައުންސިލްގައި ހުރި ބައުތަކެތި ނީލަންކިޔުން:
މިކައުންސިލްގައި ހުރި ބައުތަކެތި ނީލަންކިޔުން، 2019 އޮކްޓޫބަރު 1 ވާ އަންގާރަ ދުވަހުގެ ހެދުނު 10:00 ގައި މި އިދާރާގެ ގޯތިތެރޭގައި އޮންނާނެ އެވެ. މި ނީލަމުގައި މާގަނޑުގޮތެއްގައި ހުންނާނީ ބައުވެފައިވާ ކަރަންޓްގެ ސާމާނާއި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ތަކެއްޗެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 އޮކްޓޫބަރު 1 ވާ އަންގާރަ ދުވަހުގެ ހެދުނު 10:00 އަށް މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު އެދުވަހުގެ ހަވީރު 6:00 ގެ ކުރިން ތަކެތި ގެންގޮސް ތަން ހުސްކުރަންވާނެ އެވެ.
މި އިޢުލާނާ ގުޅިގެން މިއިދާރާއިން ކުރިން ކުރި ނަންބަރު: (IUL)342/INDIV/2019/105 23 ސެޕްޓެންބަރު 2019 ގެ އިޢުލާން ބާޠިލްވީއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.