ޤައުމު / ޔުނިވަރސިޓީ
|
ސީ.އެސް.އެފް.ޕީ އިން ދެއްވާ ފުރުސަތުގެ އަދަދު
|
ރާއްޖެއިން ފޮނުވަން ޖެހޭ ނޮމިނޭޝަންގެ އަދަދު
|
ކޯހަށް ހުށަހެޅުމުގެ ސުންގަޑި
|
ކެމަރޫން
|
1
|
3
|
02 މެއި 2013
|
ކެންޔާ
|
1
|
3
|
06 ޖޫން 2013
|
މޮރިޝަސް
|
1
|
2
|
21 އޭޕްރީލް 2013
|
ސައުތު އެފްރިކާ
|
5
|
5
|
06 ޖޫން 2013
|
ޔުނިވަރސިޓީ އޮފް ސައުތު ޕެސިފިކް، ފިޖީ
|
1
|
2
|
11 އޭޕްރީލް 2013
|
ސްރީލަންކާ
|
3
|
2
|
02 މެއި 2013
|
ސްވާޒިލަންޑް
|
1
|
2
|
02 މެއި 2013
|
ޓެންޒޭނިޔާ
|
1
|
2
|
11 އޭޕްރީލް 2013
|
|
ކޯހުގެ މުއްދަތު: 1- 2 އަހަރު
|
މާސްޓަރސް
|
ކޯހުގެ ލެވެލް:
|
- އެޕްލައިކުރަން ބޭނުންވާ ދާއިރާއަކާއި ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.
- މިކޯހަށް ހުށަހެޅޭނެ ދާއިރާތައް، ޝަރުތުތައް އަދި އިތުރު މަޢުލޫމާތު މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައި މިމިނިސްޓްރީގެ ވެބްސައިޓް، www.dhe.gov.mv ގައިވާނެއެވެ.
- ކޯހަށް ހުށަހަޅާ ފަރާތްތަކުން ބެޗެލަރސް ޑިގްރީ ފުރިހަމަކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރާތާ ސުންގަޑި ހަމަވާ ތާރީހުގެ ނިޔަލަށް 1 އަހަރު ފުރިހަމަވެފައިވުން.
|
ޝަރުތު:
|
- ހުށަހަޅާ ބެޗްލަރސް ޑިގްރީ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ. އަދި ބެޗެލަރސް ޑިގްރީ ސެޓްފިކެޓް ނުލިބޭފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެސެޓްފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
- މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 2013 އާއި ފެބްރުއަރީ 2014 އާދެމެދުއެވެ.
- އެކެންޑިޑޭޓަކު ބެޗެލަރސް ޑިގްރީ ހާސިލްކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ އާއްމުކޮށް މިޑިޕާޓްމަންޓުން ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ، އެޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މިޑިޕާޓްމަންޓުން ބަލަމުންގެންދާ އުޞޫލުގެ މަތިންނެވެ. މިޑިޕާޓްމަންޓުން ޕޮއިންޓް ދޭގޮތުގެ ތަފުސީލު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އިން ލިބެންހުންނާނެއެވެ.
- މިޑިޕާޓްމަންޓުން ނޮމިނޭޓްކުރާ ކެންޑިޑޭޓުންވެސް އެހެން ޤައުމުތަކުގެ ކެންޑިޑޭޓުންނާއި ކޮމްޕީޓްކުރަންޖެހޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހައްދަވާނީ މިސްކޮލަރޝިޕް ދެއްވާފަރާތުންނެވެ.
- އިތުރު މަޢުލޫމާތު www.csfp-online.org އިން ލިބޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމްގައި ބަޔާންކޮށްފައިވާ ތަކެތި.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާއި އެއްގޮތްކަމަށް ބަޔާންކޮށް، އެމީހަކު ވަޒީފާ އަދާކުރާ ސަރުކާރު އޮފީހަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަޞްލު. (އެޓެސްޓެޑް އޮރިޖިނަލް)
- އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމް، ސޮއި އަދި ތާރީޚް އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރުހަމަ ނޫންނަމަ އެޕްލިކޭޝަން ބާތިލްކުރުމުގެ އިޚްތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
- ކޯހަށް އެދޭ ފަރާތުގެ ވަނަވަރު.
- ސަރުކާރުގެ ނުވަތަ އަމިއްލަފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު ދޫކުރާނެކަމުގެ ލިޔުން.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ބެޗެލަރސް ޑިގްރީ ސެޓްފިކެޓް އަދި ބެޗެލަރސް ޑިގްރީ ސެޓްފިކެޓް ނުލިބޭފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލްކުރާ ޔުނިވަރސިޓީއަކުން ހަދާފައިވާ އެއޮތޯރިޓީއިން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން. އަދި އެސެޓްފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
- ކޯހަށް ހުށަހަޅާ ފަރާތްތަކުން ބެޗެލަރސް ޑިގްރީ ފުރިހަމަކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރާތާ ހުށަހަޅާ ކޯހެއްގެ ސުންގަޑި ހަމަވާތާރީހުގެ ނިޔަލަށް 1 އަހަރު ފުރިހަމަވެފައިވާކަމުގެ ލިޔުން.
|
ހުށަހަޅަންޖެހޭ ތަކެތި:
|
ސުންގަޑި: ސުންގަޑި ހަމަވާ ތާރީހު މަތީގައިއެވަނީއެވެ. ވީމާ، ސުންގަޑި ހަމަވާ ދުވަހެއްގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 8 ވަނަ ފަންގިފިލާ) އަށް ހުށަހެޅުން އެދެމެވެ.
|
ކޯހަށްއެދޭ ފޯމް ހެނދުނު 8:30 އިން މެންދުރުފަހު 15:00 އަށް ވެލާނާގޭ 8 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341373 ނަންބަރު ފޯނުން އިން ލިބިވަޑައިގަންނަވާނެއެވެ.
|