ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓް / ސ. މަރަދޫ ޞިއްހީމަރުކަޒު

މަޤާމު

ލޯންޑްރީ އެސިސްޓެންޓް

މަޤާމުގެ ނަންބަރު

J-316409

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް

މަޤާމު އޮތް އޮފީސް

ސ. މަރަދޫ ޞިއްހީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ސ. މަރަދޫ ޞިއްހީމަރުކަޒު

މުސާރަ

-/3100 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 1

-/1200 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިމަރުކަޒުގައި ގައި ބޭނުންކުރާ ބެޑުޝީޓާއި ބާލީހުއުރަ އަދި ގައުން ފަދަ ތަކެތި ދޮވެ އިސްތިރިކުރުން.
  2. ދޮންނަންޖެހޭ ތަކެތި، މަރުކަޒުން ދެވޭހިދުމަތަށް ބުރޫނާރާނެގޮތަށް ދޮވެ އިސްތިރިކޮށް ނިންމާފައި ކަބަޑުގައި ބެހެއްޓުން.
  3. ހަލާކުވާބެޑްޝީޓާއި ބާލީސްއުރައިގެ ތަފްސީލު ކަމާއި ގުޅޭ ފަރަތަށް އެންގުން.                                       
  4. ކުރިއަށް އޮންނަ ޑިއުޓީއަށް ދަތިނުވާގޮތަށް ދޮންނަ ސާމާނު ހޯދާފައި ބެހެއްޓުން.
  5. ލޯންޑްރީގައި ބޭނުންކުރާ ދޮންނަމެޝިން ރަނގަޅަށް ސާފުތާހިރުކޮށް ބެލެހެއްޓުން، އަދި މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އަންގަންޖެހޭ އިސް މުވައްޒިފައް އަވަހަށް އެންގުން.                                                    
  6. ލޯންޑުރީގެ އިމާރާތާއި ދޮރާއި ދޮރުފަތާއި ތަޅުމުގެ ޓައިލްސްތައް ރަނގަޅަށް ސާފުކޮށް ޖަރާސީމު ނައްތާލެވޭގޮތަށް ސާފުކޮށް ލޯންޑުރީގައި މަސައްކަތަށް ބޭނުންކުރާ  އެންމެހާ ތަކެތި ސާފުތާހިރުކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  7. ލޯންޑުރީ ސަރަހައްދުގެ ބޭރުތެރެ ސާފުކޮށް ވިނަނޮޅާ ރީތިކޮށް ބެލެހެއްޓުން.
  8. މަސައްކަތް ކުރުމުގައި ސަލާމަތައި ރައްކާތެރިކަމަށް ކަޑައެޅިފައިވާ ގަވާއިދުތަކާއި އިރުޝާދުތައް ދަނެ އެއާއި އެއްގޮތަށް އަމަލްކުރުން.
  9. ކަޑައޅިފައިވާ ޑިއުޓީކުރުމުގެ އިތުރުން އިމަޖަންސީ ހާލަތެއްގައި ކޯލްކުރެވިއްޖެނަމަ ނިކުމެ މަސައްކަތްކުރުން.                 
  10. ހަވާލްކުރެވިފައިވާ މަސައްކަތާއި ގުޅޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.
  11.  ހިދުމަތް މެދުނުކެޑޭގޮތަށް، ސުޕަރވައިޒަރުގެ ލަފައާއި އިރުޝާދުގެ ދަށުން ބެޑުޝީޓް ބާލީހުއުރަފަދަ ތަކެތި ދޮތުން.
  12. ޗުއްޓީއަށްދާ މުވައްޒިފުންގެ މަސައްކަތް ހައުސްކީޕަރ ރާވާގޮތަކަށް ކުރުން
  13. ލޯންޑްރީން ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވެންހުރި، ހުރިހާމަސައްކަތެއް ފުރިހަމަކުރުން.
  14. ޢާއްމުކޮށް މަސައްކަތް ކުރަންޖެހޭ ދާއިރާއަކީ ހައުސްކީޕިންގައި ކަމަށްވުމާއެކު އެސެކްޝަނުގައި ކުރެވޭ މައިގަނޑު ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރަމުން ގެންދިއުން، މިގޮތުން އެޓެންޑެންޓުން އަދި މަސައްކަތު މީހާގެ  މަސައްކަތުގައި  އެހީތެރިވެދީ ޢަމަލީގޮތުން މަސައްކަތް ކުރުން
  15. އެޓެންޑެންޓުން ނުވަތަ މަސައްކަތު މީހާ ޗުއްޓީއަށް ދިއުމުން އެމުވައްޒަފެއްގެ މަސައްކަތް ޙަވާލުވެއްޖެނަމަ އެމުއްދަތުގައި އެމަސައްކަތެއްކުރުން.
  16. ޙަވާލުކުރެވިފައިވާ މަސައްކަތާއިގުޅިގެން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން
  17. ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގައި ދިމާވާ ކަންތައްތަކުގައި އެހީތެރިވެ އެއްބާރުލުންދީ މަސައްކަތްކުރުން
  18. މަރުކަޒުގައި ހިންގާ ބޮޑެތި މަސައްކަތްތަކުގައި އިސްކޮށް ޙަރަކާތްތެރިވާ މުވައްޒަފެއްގެ ލަފާގެ ދަށުން އެމަސައްކަތެއް ނިމެންދެން މަސައްކަތްކުރުން
  19. މަރުކަޒުންދެވޭ ޚިދުމަތަކީ ޚިދުމަތްހޯދުމަށް އަންނަ ފަރާތްތަކަށް ހިތްހަމަޖެހޭ ޚިދުމަތެއްކަމުގައި ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަބަދުވެސް ކުރުން

މަޤާމުގެ ޝަރުތުތައް

  1. ލިޔަންކިޔަން އެނގުން

(ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

ގުޅޭ ވަޒީފާގެ ދާއިރާތައް

ކްލީނިންގް އެންޑް ލޯންޑްރީ

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ސ. މަރަދޫ ޞިއްޙީމަރުކަޒުގެ އޮފީހުންނާއި ، ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އޮފީސް ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.  

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޮކްޓޯބަރު 2019 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މަރަދޫ ޞިއްހީމަރުކަޒަށް ނުވަތަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 އޮކްޓޯބަރު 2019 އާއި 30 އޮކްޓޯބަރ 2019 އާ ދެމެދު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6885045 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

26 ސެޕްޓެންބަރު 2019
ހޯދާ