މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ގދ. ތިނަދޫގެ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކޮށްދިނުން

ތަޢާރަފު

މި މަޝްރޫއުއަކީ ސާފުރާއްޖެ އިނީޝިއޭޓިވްގެ ދަށުން، ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ކުނިމެނޭޖް ކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމަށް މި މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ގދ. ތިނަދޫގެ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކޮށްދިނުމެވެ.

ފޯރުކޮށްދޭންޖެހޭ ޙިދުމަތްތަކާއި ހުށަހަޅަންވީ ތަކެތީގެ ތަފްސީލު

ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ގދ. ތިނަދޫގެ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކުރުމުގެ މަސައްކަތުގައި ކުރަންޖެހޭ ކަންތައްތަކާއި، ޚިދުމަތުގެ ކޮލެޓީ ހުންނަންޖެހޭ ގޮތާއި ބީލަމުގައި ހިމަނަންޖެހޭ ތަކެތީގެ ތަފްޞީލު ހިމަނާފައިވާ ބީލަން ފޮތް ތިރީގައިވާ ގޫގަލް ޑްރައިވް ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.         
https://drive.google.com/open?id=1iDPgqJs-Fqt5QHBV__9zCEpmrZfHviQf

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ޔުނިޓް،  މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް

ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ގދ. ތިނަދޫގެ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސްޓޯލްކޮށްދިނުމުގެ މަސައްކަތާބެހޭ އިޢުލާނު ނަންބަރު: (IUL)438-WMPC/438/2019/254 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން އިން 09 އޮކްޓޯބާރ 2019 (ބުދަ) އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:30 ން މެންދުރުފަހު 13:00 އާއި ދެމެދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ރިސެޕްޝަންގައެވެ.ނުވަތަ [email protected] އަދި [email protected]  އަށް އީމެއިލް ކުރައްވައިގެންވެސް ރެޖިސްޓަރކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. 

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ޢިއުލާން ކުރާ ތާރީހުން ފެށިގެން 08 އޮކްޓޯބަރ 2019 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަދި [email protected]  އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ޕްރީބިޑު ބައްދަލުވުން

މަސައްކަތާއި ބެހޭގޮތުން ބާއްވާ ޕްރީބިޑު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 01 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހު 11:00 ގައެވެ.

 ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގައި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، ބީލަން ފޮތުގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.
  • ޕްރީބިޑު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

 

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް:  [email protected] ވެބްސައިޓް: www.environment.gov.mv

26 ސެޕްޓެންބަރު 2019
ހޯދާ