ދިވެހިރާއްޖެ
މި އިޢުލާންވަނީ 26 ސެޕްޓެންބަރު 2019 11:20 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2019/34 އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 06 އޮކްޓޫބަރު 2019 ވާ އަދިއްތަ ދުވަހުގެ 13:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 ފޯނަށް ގުޅުއްވުން އެދެމެވެ.
27 މުޙައްރަމް 1441
26 ސެޕްޓެމްބަރު 2019
މިއޮފީހުގެ ނަންބަރު (IUL)14-PR/1/2019/44 އިޢުލާނާއި ގުޅިގެން މިއޮފީހަށް ފަރުނީޗަރު ސަޕްލައިކުރުމާއި ބެހޭގޮތުން ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް
- 1. ގަންނަންބޭނުންވާތަކެތީގެ ތަފްސީލް
| # | SKU | Description | Quantity | 
| 1 | Furniture | Mid Back Chair (PU Black or Equivalent) | 40 Nos | 
| 2 | Furniture | Executive High Back Chair (PU Black or Equivalent) | 15 Nos | 
| 3 | Furniture | Executive Conference Chair (PU Black or Equivalent) | 8 Nos | 
| 4 | Furniture | Executive U Chair (PU Black or Equivalent) | 02 Nos | 
| 5 | Furniture | Office Table (Minimum Size – 4’ x 2’) with fixed pedestal (3 drawer) | 03 Nos | 
| 6 | Furniture | Side Table (Minimum Size 3’ x 1’.5”) | 03 Nos | 
- 2. ސަމާލުކަން ދޭންވީ ކަންތައްތައް
2.1. އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
2.2. ޔުނިޓް ޕްރައިސްއަށް ޖީ.އެސް.ޓީ އިތުރު ކުރެވޭނީ އެއިރެއްގެ ޖީ.އެސް.ޓީ ރޭޓެވެ.
2.3. ބިޑު ކާމިޔާބުކުރާ ފަރާތަށް އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދެވޭނެއެވެ.
2.4. ބިޑް ހުށަހަޅާއިރު ބިޑްގައި ބަޔާންކޮށްފައިވާ ފަރުނީޗަރުތަކުގެ ސާންޕަލް ފޮޓޯ ހުށަހަޅަންވާނެއެވެ.
2.5. ބިޑު އެވޯޑިންގ ލެޓަރ ހަވާލުކުރާތާ 15 ދުވަހުގެ ތެރޭގައި މިއޮފީހަށް ސާމްޕަލް (ފިޒިކަލް އައިޓަމް) ބެލޭނެ އިންތިޒާމް ހަމަޖައްސަންވާނެއެވެ. މިގޮތުން ބިޑު އެވޯޑިންގ ލެޓަރ ޙަވާލުކުރާ ފަރާތުން ސާންޕަލް ބެލޭނެ އިންތިޒާމް ހަމަޖައްސައި ނުދެވިއްޖެނަމަ، ނުވަތަ ދައްކާ ސާންޕަލް މިއޮފީހުން ޤަބޫލުކުރާ ފެންވަރަށް ނެތިއްޖެނަމަ، ޖެހިގެން އެންމެ މަތީ މާކްސް ލިބޭ ފަރާތަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.
2.6. ހުށަހަޅާންވާނީ ކަސްޓަމްސް އިން ދައްކާ ސާންޕަލްއާއި އެއް ކޮލެޓީއެއްގެ ނުވަތަ އެއަށްވުރެ ފެންވަރު ރަނގަޅު ތަކެއްޗެވެ.
2.7. ސާމްޕަލް ބެލުމަށްފަހު އެޕްރޫވް ކުރާ ތަކެތި (ކުލަ އާއި ފެންވަރު) ނޫން އެހެން އެއްޗެއް ބަލައެއް ނުގަނެވޭނެއެވެ. އަދި އެފަދަ ތަކެއްޗަކަށް ފައިސާއެއްވެސް ނުދެވޭނެއެވެ.
2.8. ބީލަންގެ އަގު 250,000/- ރުފިޔާ އަށް ވުރެ ބޮޑުވާނަމަ، ބިޑު ސެކިއުރިޓީގެ ގޮތުގައި 0.05% އިންސައްތަ ހުށަހަޅަންވާނެއެވެ. އަދި ބިޑު ކާމިޔާބު ކުރާފަރާތުން ޕަރފޯމަންސް ސެކިއުރިޓީގެ ގޮތުގައި 2% ގެ ގެރެންޓީއެއްވެސް ދޭންވާނެއެވެ. މިގޮތުން ހުށަހަޅާ ސެކިއުރިޓީ ވާންވާނީ ސަރުކާރުން ޤަބޫލުކުރެވޭ ބޭންކް އަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން (ދިވެހިރާއްޖޭގައި ޤާޢިމުކުރެވިފައިވާ) ދޫކޮށްފައިވާ ސެކިއުރިޓީއަކަށެވެ.
2.9. ތަކެތި ސަޕްލައި ކުރަންވާނީ ކަސްޓަމްސް ހެޑް އޮފީހަށެވެ. އަދި ތަކެތި ރޭވުމުގެ ހުރިހާ ކަމެއް ކުރަންވާނީ މަސައްކަތް ހަވާލުވި ފަރާތުން އެފަރާތުގެ އަމިއްލަ ޚަރަދުގައެވެ. މިގޮތުން ތަކެތި ޑެލިވަރީކޮށް ރޭވުމުގެ ތެރޭގައި އެއްވެސް އައިޓަމަކަށް ގެއްލުމެއް ވެއްޖެނަމަ އެތަކެތީގެ ބަދަލު ދޭންވާނީ މަސައްކަތް ހަވާލުވި ފަރާތުންނެވެ.
2.10. އެއްވެސް ސަބަބަކާހުރެ ބިޑު ކާމިޔާބުކުރާ ފަރާތާއެކު އެއްބަސްވެވޭ އަދަދަށްވުރެ އިތުރު ފައިސާއެއް ނުދެވޭނެއެވެ.
2.11. ބިޑު އިވެލުއޭޓު ކުރާނީ ޖުމްލަ އަގަށް ބަލައިގެންނެވެ. މިގޮތުން އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް އެވޯޑުކުރެވޭނެއެވެ.
2.12. މަސައްކަތް ނިންމުމަށް އެއްބަސްވާ މުއްދަތުގައި މަސައްކަތް ނުނިމިއްޖެނަމަ، ލަސްވާ ކޮންމެ ދުވަހަކަށް، ތިރީގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން ޖޫރިމަނާ ކުރެވޭނީ އެއްބަސްވުމުގެ ޖުމްލަ އަގުގެ (ފަނަރަ އިންސައްތަ) ހަމަވަންދެންނެވެ. އެއްވެސް ހާލަތެއްގައި މުޅި އެއްބަސްވުމުގެ އަގުގެ އަށްވުރެ ލިކުއިޑޭޓް ޑެމޭޖަސް އިތުރުވެއްޖެނަމަ އެއްބަސްވުމުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ނުކުރެވި އޮތްބައި މަސައްކަތް ހަވާލުވި ފަރާތުގެ އަތުން ވަކިކުރެވިދާނެއެވެ.
ޖޫރިމަނާ ހިސާބު ކުރެވޭނީ:
CP*0.005*LD
CP (ކޮންޓްރެކްޓް ޕްރައިޒް): ކޮންޓްރެކްޓުގެ ޖުމްލަ އަގު
LD (ލޭޓް ޑިއުރޭޝަން): ކޮންޓްރެކްޓުގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް
2.13. ކަސްޓަމްސްގެ އަންދާސީ ހިސާބުބަލާ ކޮމިޓީއިން ބިޑް ކާމިޔާބުކުރާ ފަރާތް ކަނޑައެޅުމަށްފަހު، ބިޑްކާމިޔާބުވި ފަރާތުން އެއްވެސް ސަބަބަކާއިހުރެ މަސައްކަތްކުރުމަށް އުޒުރުވެރިވެއްޖެނަމަ ނުވަތަ އެއްބަސްވުން ބާތިލްކުރަން ޖެހިއްޖެނަމަ، ކަސްޓަމްސްގެ އެއްވެސް ބިޑެއްގައި ބައިވެރި ވެވޭނީ އެއްއަހަރު ވުމަށްފަހުގައެވެ.
2.14. މަސައްކަތް ނިންމަންޖެހޭ މުއްދަތު މިއޮފީހުން ގުނާނީ ހުކުރު ދުވަސްތައް ނުހިމަނައެވެ.
- 3. އަންދާސީހިސާބު ހުށަހެޅުން:
3.1. އަންދާސީ ހިސާބުހުށަހަޅުއްވާނީ 06 އޮކްޓޯބަރު 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށެވެ.
3.2. އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.
3.3. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.
3.4. އަންދާސީހިސާބު ހުށަހަޅާއިރު އެކެއްގެ މަސްލަހަތުހިމެނޭ ކުންފުންޏެއް/އަމިއްލަ ފަރުދެއްނަމަ އެފަރާތަކުން ގިނަވެގެން ހުށަހަޅަންވާނީ އެއް އަންދާސީހިސާބެވެ.
- 4. ހުށަހަޅަންޖެހޭ ތަކެތި
4.1. ކުންފުނީގެ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.
4.2. އަމިއްލަ ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
4.3. ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކޮށްފައިވާނަމަ، ސެޓްފިކެޓް އޮފް ރަޖިސްޓްރޭޝަންގެ ކޮޕީ.
4.4. އަންދާސީ ހިސާބު ހުށަހަޅާއިރު، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ކަސްޓަމްސްގެ ވެރިޔަކާ އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް އަންދާސީ ހިސާބާއެކު ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގިއްޖެނަމަ އަންދާސީ ހިސާބު ބާތިލު ކުރެވޭނެއެވެ.
4.5. އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުއްވުން.
- 5. ޕޮއިންޓްދެވޭނުއުސޫލުތައް
| 
 | 75 މާރކްސް | 
| 
 | 25 މާރކްސް | 
| ޖުމްލަ | 100 މާރކްސް | 
* ޑެލިވަރީ ކުރެވޭނެ މުއްދަތު މިއޮފީހުން ބަލާނީ އެ ތަކެކެތި ރާވާ ނިމުމުންނެވެ.
Sample photos of Furniture required
| Mid Back Chair (PU Black or equivalent) | Executive High Back Chair (PU Black or equivalent) | 
| Executive Conference Chair (PU Black or equivalent) | Executive U Chair (PU Black or equivalent) | 
| 
 
 
 
 
 
 
 
 | |
| Office Table (4’X2’) with pedestals | Side Table (3’ x 1’.5”) | 
 
                    