ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުމާއި، ކޯޓުގައި ކުރަންހުރި ބައެއް އެހެން މަރާމާތުތައް

 

 

ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓްކޯޓް          

    ވޭމަންޑޫ،

   ދިވެހިރާއްޖެ،                                                  ނަންބަރު:N-11-C/2019/2

 

އިއުލާން

 

               މިކޯޓުގެ ނަންބަރު: N-11-C/2019/1 އިއުލާނާ ގުޅިގެން އެކަށީގެންވާވަރަށް މީހުން ހާޟިރުވެފައިނުވާތީ، އެ އިއުލާނު ބާތިލްކޮށް، ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުމާއި، ކޯޓުގައި ކުރަންހުރި ބައެއް އެހެން މަރާމާތުތައް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

               ވީމާ، މިދެންނެވި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 3 އޮކްޓޯބަރ 2019 ދުވަހުގެ 11:00 އަށް، ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން، މަސައްކަތާބެހޭ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 10 އޮކްޓޯބަރ 2019 ދުވަހުގެ 11:00 އަށް ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

               ބަދަލުގައި މިހަކު ފޮނުވާނަމަ އެފަރާތުން ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި  ކުންފުންޏެއްގެ ނަމުގައި ވަޑައިގަންނަވާނަމަ ކުންފުނީގެ ލެޓަހެޑުގައި، ކުންފުނީގެ ފަރާތުން ފޮނުވިކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި ފަރުދީ ހައިސިއްޔަތުން ވަޑައިގަންނަވާނަމަ، އައިޑީކާޑު ގެންނަންވާނެއެވެ. ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

               މިކަމާގުޅިގެން އިތުރަށް މައުލޫމާތު ބޭނުންފުޅުވެއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުއްވުމުން، އެކަމެއް ސާފުކޮށްދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

               27 މުހައްރަމް    1441

               26 ސެޕްޓެމްބަރ  2019 

26 ސެޕްޓެންބަރު 2019
ހޯދާ