ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަގާމު:

ޖޫނިއަރ އެއަރޕޯޓް ފަޔަރފައިޓަރ

ބޭނުންވާ ޢަދަދު

03 (ތިނެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ.ކައްދޫ

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް ޝިފްޓް ޑިއުޓީ

މަގާމުގެ ޝަރުޠު:

  • އައި.ކާ.އޯ ޤަބޫލުކުރާ އިންސްޓިޓިއުޓަކުން ބޭސިކް ފަޔަރފައިޓަރ ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، މުއްދަތު ހަމަނުވާ މެޑިކަލް ސެޓްފިކެޓް އޮތުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން އިނގިރޭސި އަދި ހިސާބު މިދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
  • އަދި ޢުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހެއްކަމުގައި ވުން.

 

ނޯޓް: 1. މިމަޤާމަށް އިންޓަވިއުއިން ޝޯޓްލިސްޓް ކުރެވެވޭފަރާތްތަކަށް "ފިޒިކަލް ޓެސްޓް" އެއް ބޭއްވުމަށްފަހު އެޓެސްޓްގެ ނަތީޖާ، މަޤާމަށް ހޮވުމަށް ޕޮއިންޓް ދިނުމުގައި ބޭނުން ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް ވަޒީފާހަމަޖައްސާނީ މަޤާމަށް ކަނޑައަޅާފައިވާ މެޑިކަލް ޓެސްޓުން ފާސްވެފައި ވާނަމައެވެ.

މަގާމު:

ލައުންޖް ހޮސްޓެސް

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ.ކައްދޫ

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް ޝިފްޓް ޑިއުޓީ

މަގާމުގެ ޝަރުޠު:

  • ސާނަވީ އިމްތިޙާނަކުން، އިނގިރޭސި ހިމަނައިގެން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
  • އަދި ޢުމުރުން 18 އަހަރާއި 28 އަހަރާ ދެމެދު އަންހެނެއް ކަމުގައިވުން.

މަގާމު:

އެސިސްޓަންޓް ކާގޯ އޮފިސަރ

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ.ކައްދޫ

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް ޝިފްޓް ޑިއުޓީ

މަގާމުގެ ޝަރުޠު:

  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަގާމު:

މޭސަން

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ.ކައްދޫ

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް ޝިފްޓް ޑިއުޓީ

މަގާމުގެ ޝަރުޠު:

  • ލިޔަންކިޔަންދަތުން.
  • މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރުމާއެކު މަސައްކަތްކުރެވޭ ސިއްޙަތެއްގައި ހުރުން.
  • ރާނާ ސިމެންތި ޖެހުމާއި، އިމާރާތްކުރުމާއި މަރާމާތުކުރުމާއި ގުޅޭ މަސައްކަތްތަކުގެ ތަޖުރިބާ އާއި ހުނަރު ހުރުން.

މަގާމު:

މުދިމު

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ.ކައްދޫ

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް ޝިފްޓް ޑިއުޓީ

މަގާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
  • މުދިންކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނޯޓް: މިމަޤާމަށް މީހަކު ހޮވުމުގައި ހުކުރު ކުރުމުގެ ސަނަދު އޮތްނަމަ އިސްކަން ދެވޭނެއެވެ.

މަގާމު:

ލޭބަރަރ

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ.ކައްދޫ

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް ޝިފްޓް ޑިއުޓީ

މަގާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން ދަތުން.
  • މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރުމާއެކު މަސައްކަތް ކުރެވޭ ސިއްޙަތެއްގައި ހުރުން.

މުސާރައާއި އިނާޔަތްތައް

މި މަޤާމްތަކަށް މަސައްކަތް ކުރައްވާފަރާތްތަކަށް މަޤާމްގެ އަސާސީ މުސާރައިގެ އިތުރުން، ޑެއިލީ އެލަވަންސްއާއި، ސަރވިސް އެލަވަންސް އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑި އަދި ޝިފްޓް ޑިއުޓީ އެލަވަންސް ލިބޭނެއެވެ.

 ހުށަހަޅަންޖެހޭ ލިއުންތައް

  • ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ)
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ޕޮލިސް ރިޕޯޓު
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)
  • ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ސުންގަޑި:

  • 2019 އޮކްޓޯބަރ06 ވާ އާދިއްތަދުވަހުގެ 14:00 ގެ ކުރިން

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން:

  • މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަސް ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

  • އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދު ނުވަތަ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ހެޑްއޮފީސް، މިނިސްޓްރީ އޮފް ޑިފެންސް / ބަންޑާރަކޮށްޓަށެވެ.

 

ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރާނީ ޝޯޓްލިސްޓްކުރެވޭ 15 ފަރާތާއެވެ.

25 ސެޕްޓެންބަރު 2019
ހޯދާ