ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރި ކުރުމަށްޓަކާ ކުއްޔަށް ބިމެއް ދޫކުރުން

އިޢުލާން

ތެލުގެ ވިޔަފާރި ކުރުމަށްޓަކާ ކުއްޔަށް ބިމެއް ދޫކުރުން

ބިމު ކުއްޔަށް ބަދަލުގެނެސް މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ނަންބަރު:431-LIS/242/2019/4  (07 އޮގަސްޓް 2019) ސިޓީއިން އަންގަވާފައިވުމާއެކު، ނަޑެއްލާގެ އިރު ދެކުނު ފަރާތުގައި ތެލުގެ ވިޔަފާރި ކުރުމަށް ޚާއްސަކޮށްގެން ދޫކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ 2,000 އަކަފޫޓްގެ 2 ބިމުން 1,000 އަކަފޫޓްގެ 1 ބިން ދޫކޮށް، އެ ބިމާއި އިންކޮށް ދެކުނަށް ބާކީ އޮތް 1,000 އަކަފޫޓްގެ 1 ބިން  10 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލުމަށް ކުރެވުނު މި އިދާރާގެ ނަންބަރު:(IUL)418-AS/418/2019/43 (01 އޮގަސްޓް 2019) އިޢުލާނުގައި ބަޔާންކޮށްފައިވާ އަގަށް ބަދަލު ގެންނަން ޖެހުމާއި ގުޅިގެން، އެ އިޢުލާން ބާޠިލުކޮށް ތެލުގެ ވިޔަފާރި ކުރުމަށްޓަކާ މި ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

މި ކައުންސިލްގެ ނަންބަރު:418-NC/2019/44 (27 އޮގަސްޓް 2019) ނިންމުމުގައިވާ ގޮތުގެ މަތިން، މި ބިން ކުއްޔަށް ދޫކުރެވޭ އެންމެ ކުޑަ އަގަކީ މީލާދީ ކޮންމެ މަހަކަށް އަކަފޫޓަކަށް 0.60 ( ފަސްދޮޅަސް ލާރި ) އެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުމާއި ޕްރޮޕޯސަލް އިވެލުއޭޓް ކުރުމާބެހޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި އެވާ ކަންކަން ފުރިހަމަކުރެވިފައި ހުންނަން ވާނެއެވެ.

  1. ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު.
  2. ބިން ތަރައްޤީ ކުރާނެ ގޮތުގެ ޕްލޭން.
  3. ދާއިރާއާއި ގުޅުންހުރި މަސައްކަތުގެ ތަޖުރިބާ.
  4. ބިން ޙަވާލުކުރާތާ 3 އަހަރު ދުވަހުގެ ތެރޭގައި އިޖުތިމާޢީ ގޮތުން ރަށަށް ކޮށްދިނުމަށް ހުށަހަޅާ ކަންތައްތަކުގެ ޕްލޭން.
  5. ބިން ކުއްޔަށް ހިފަން ބޭނުންވާ އެންމެ މަތީ އަގު.  

މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 03 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00 ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

26 މުޙައްރަމް 1441      

25 ސެޕްޓެމްބަރ 2019

25 ސެޕްޓެންބަރު 2019
ހޯދާ