| 
 އިއުލާން ނަންބަރު:D6C-A/2019/01 
 | 
ވަޒީފާގެ ފުރުޞަތު
 | 
| 
 ތާރީޚް:25 ސެޕްޓެންބަރު 2019 
 | 
| 
   
 | 
 ރޭންކް: ޖީ. އެސް 3 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް) 
 | 
 މަޤާމް 
 | 
| 
 ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 
 | 
 1 (އެކެއް) 
 | 
 އަދަދު 
 | 
| 
 މިލަދުންމަޑުލުދެކުނުބުރީ ކުޑަފަރީ މެޖިސްޓްރޭޓް ކޯޓް 
 | 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
| 
 -/4465ރ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) 
 | 
 އަސާސީ މުސާރަ 
 | 
| 
 -/1500ރ (ފަނަރަސަތޭކަ ރުފިޔާ) 
 | 
 ސަރވިސް އެލަވަންސް 
 | 
| 
 އަސާސީ މުސާރައިގެ %20 
 | 
 ޖުޑީޝަލް އެލަވަންސް 
 | 
| 
 -/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) 
 | 
 ލިވިންގ އެލަވަންސް 
 | 
| 
 އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 
 | 
 އިތުރުގަޑީގެ ފައިސާ 
 | 
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު،  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން، ނުވަތަ
 
- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ  މާކްހެއް ލިބެމުންދިޔުމާއިއެކު  ޖީ.އެސް.2 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
 
 
  
 | 
 އަސާސީ ޝަރުތު 
 | 
- ކޯޓަށް ލިބޭ ހުރިހާ ލިޔުމެއް އެންޓްރީކުރުމާއި ކޯޓަށް އަންނަ ސިޓީ/މެސެޖުތަކަށް ޖަވާބުތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
 
- ކޯޓަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދާރީވުން
 
- ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުން
 
- ކޯޓުގެ އެންމެހާ ލިޔެކިއުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން
 
- ކޯޓަށް ބޭނުންވާ ތަކެތި ހޯދުމާއި، ކުރަންޖެހޭ މަރާމާތު މަސައްކަތް ކުރުމުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން
 
- ކޯޓަށް ލިބޭ ފައިސާ ބަލައިގަނެ، ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ފައިސާ ޙަވާލުކުރުމާއި، ފައިސާ އާއިބެހޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން
 
- ބޭންކަށް ފޮނުވަންޖެހޭ ފައިސާ ބޭންކަށް ޤަވާއިދުން ޑިޕޮޒިޓްކުރުމާއި އެކަމާއިގުޅޭ އެންމެހާ ލިޔެކިޔުންތައް  ފުރިހަމަކޮށް ބެލެހެއްޓުން
 
- ކޯޓުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމާއި ބެހޭ އެންމެހާ މަސައްކަތްކުރުން
 
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކޯޓުގެ ބަޖެޓާއި ފައިސާއާބެހޭ އެއްމެހައި މަސައްކަތްތައް ކުރުމާއި، ކޯޓުގެ މާލީ ހިސާބުތައް ތައްޔާރުކުރުމާއި، ކޯޓުގެ އަހަރީ ބަޖެޓު ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކުރުމާއި ޚަރަދު ކުރުމަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތް ކުރުން
 
- ކޯޓުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ޚަރަދުކޮށް ބެލެހެއްޓުމާއި އެކަމާ ބެހޭ އެންމެހާ ލިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން
 
- ކޯޓުގެ ތަފާސްހިސާބު ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
 
- ޝަރުޢީ ކަންކަމާގުޅޭ އެއްމެހައި މަސައްކަތްތައް ކުރުން
 
- ހުށަހެޅޭ މައްސަލަތަކާބެހޭ ގޮތުން އަޅަންޖެހޭ އެންމެހައި އިދާރީ ފިޔަވަޅުތައް އެޅުން
 
- ކުށުގެ ރެކޯޑު އަޕްޑޭޓްކޮށް ބަލަހައްޓައި، އެމަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
 
- ޝަރުޢީ އެކިއެކި ލިޔުންތަކަށް އެދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޞޫލުގެމަތިން  އެފަދަ ލިޔުންތައް ފޯރުކޮށްދިނުން
 
- ކޯޓުގެ އިދާރީ، ފައިސާއާބެހޭ އަދި ޝަރުޢީ ކަންކަމާގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން
 
- މިނޫނަސް ކޯޓުގެ ވެރިއަކު އަންގާ ރަސްމީ އެންމެހާ މަސައްކަތްތައް ކުރުން
 
 
 | 
 މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު 
 | 
- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
 
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
 
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
 
 
 | 
 ހުށަހަޅަންޖެހޭ ތަކެތި 
 | 
| 
 2019 އޮކްޓޯބަރު 03 ވަނަ ދުވަހުގެ 12:00 ގެ ކުރިން ނ. ކުޑަފަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމް ފެކްސް އިން އަދި މެއިލް އިން ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. 
 | 
 ސުންގަޑި 
 | 
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާފައި ނުވާނަމަ އެފޯމް ބާޠިލް ވާނެއެވެ.
 
- މި މަޤާމަށް އެދި  ހުށަހަޅާ ފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށް ވުމާއެކު ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގައި "ޝަރުޢީ ދާއިރާގެ ވަޒީފާއަށް ޢައްޔަންކުރެވޭ ޝަރުޠުތައް" ހަމަވާ މީހަކަށް ވާންވާނެއެވެ.
 
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، އޮފީސް ބަންދުވުމުގެ ކުރިން 6560563 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
 
 
 | 
 އިތުރު މަޢުލޫމާތު 
 |