ދިވެހިރާއްޖެ
- މިމަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް 02 މަސްދުވަހުގެ މުއްދަތަށް 2 ކޮޓަރިއާއި އެޓޭޗް ފާޚާނާ، ސިޓިންގރޫމް ބަދިގެ އަދި ކާގެ ހިމެނޭގޮތަށް ގެއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 އޮކްޓޯބަރ 06 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
3. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.
4. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަށް ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބީލަށް ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
5. ބިޑް ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ޝާރިޢުލްއމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.
ފޯން: 6500014, 6500076
އީ-މެއިލް: [email protected]