ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
2020 ވަނަ އަހަރު ނޫރާނީ ސްކޫލަށް ކުދީން ވެއްދުން

    2020 ވަނަ އަހަރު ނޫރާނީ ސްކޫލްގެ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 8 އަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. 2020 ވަނަ އަހަރު މިސްކޫލްގައި ކިޔަވައިދޭނީ އިނގިރޭސި މީޑިއަމްއަށެވެ. އަދި މާއްދާއެއްގެ ގޮތުގައި ޢަރަބިބަސް ހުރިހާ ގްރޭޑެއްގައިވެސް ކިޔަވައިދެވޭނެއެވެ.

 އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ކުދިން ވެއްދުމުގައި އުމުރުފުރާތައް ކަނޑައެޅިފައިވާ ގޮތް:

ޢުމުރުފުރާ

މަރުޙަލާ

2020 ވަނަ އަހަރުގެ ޖަނަވަރީ 1 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ

އެލް.ކޭ.ޖީ

2020 ވަނަ އަހަރުގެ ޖަނަވަރީ 1 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ

ޔޫ.ކޭ.ޖީ

2020 ވަނަ އަހަރުގެ ޖަނަވަރީ 1 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ

ގްރޭޑް 1

 

* ނޯޓް: ކްލާސްތަކުގައި ޖާގަހުރި މިންވަރަކުން ސްކޫލަށް ވައްދަން އެދޭ އަހަރުގެ މާރިޗް މަހުގެ 31 ގެ ނިޔަލަށް އަހަރު ފުރޭ ކުދިންނަށްވެސް ފުރުޞަތު ދެވިދާނެއެވެ. އަދި ޖާގަހުރި މިންވަރަކުން ހުރިހާ ގްރޭޑްއަކަށްވެސް (އެލް.ކޭ.ޖީ އިން ގްރޭޑް 8 އަށް) ސްކޫލަށް ވައްދަން އެދޭ ދަރިވަރުންނަށް އެފުރުޞަތު އޮތްވާހަކަ ދެންނެވީމެވެ.

އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް ކްލާސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު:

              އެޕްލިކޭޝަން ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8.00 އިން މެންދުރުފަހު 14.00 އަށެވެ. ފޯމް ލިބިލައްވާނީ ކުއްޖާގެ އައިޑީކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހިއްޕަވައިގެން ވަޑައިގަތުމުންނެވެ.

  

* މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ  6885917 ނަންބަރު ފޯނާއެވެ.

25 ސެޕްޓެންބަރު 2019
ހޯދާ