މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރުގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާއި ރަށްވެހިންގެ ރަޖިސްޓްރީ ހެދުން

c

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ                     

      ރ. ދުވާފަރު، ދިވެހިރާއްޖެ                                ނަމްބަރ: (IUL)304-EDS/304/2019/46

 

އިޢުލާނު

 

ރ. ދުވާފަރު ގެތަކުގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާއި ރަށްވެހިންގެ ރަޖިސްޓްރީ ހަދަން ފެށުން:   

                     ރ. ދުވާފަރުން ގެ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިއަދާއި ހަމައަށް ގެތައް ރަޖިސްޓްރީ ކުރެވި، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިނުދެވޭ ފަރާތްތަކަށް އެގެތަކުގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތާއި ރަށްވެހިންގެ ރަޖިސްޓްރީ ހަދައި ދިނުމުގެ މަސައްކަތް 25 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ފަށައިގޮތައްވަނީ ހަމަޖެހިފައެވެ.

                  ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީތައް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެގެއެއްގެ ރަޖިސްޓްރީ ހަދައިދެވޭނީ އެމައްސަލައެއް، އެގެއެއްގެ ވަގުތީ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ މެދުން ޙައްލު ކުރުމަށްފަހު ނުވަތަ ޝަރުޢީ ކޯޓަކުން އެމައްސަލައަކާއިމެދު ވަކިގޮތެއް ނިންމުމުންނެވެ. އެއްވެސް ގެއެއްގެ މައްސަލައެއް ޝަރުޢީ ކޯޓެއްގައި މިހާރު ހިނގަމުންދާނަމަ އެމައްސަލައެއް ވަކި ގޮތަކަށް ނިމުމުގެ ކުރިން އެގެއެއްގެ ރަޖިސްޓްރީ ހަދައި ނުދެވޭނެއެވެ.  

                  މިފަހަރު ރ. ކަނދޮޅުދޫގެ ރައްޔިތުންގެ ރަށްވެހިކަން ރ. ދުވާފަރަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާނެތީ، އިމާރާތާއި ގޯތީގެރަޖިސްޓްރީ ހަދައި ދިނުމުގެ މަސައްކަތާއިއެކު އެކީގައި ރަށްވެހިންގެ ރަޖިސްޓްރީތައްވެސް ހެދުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އަދި ކުރިން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދީފައިވާ ގެތަކުގެ ރަށްވެހިންގެ ރަޖިސްޓްރީތައްވެސް މިފަހަރު ހަދަން ނިންމާފައިވާތީ އެފަދަ ފަރާތްތަކުންވެސް ރަށްވެހިންގެ ރަޖިސްޓްރީތައް ހެއްދުމަށް ސަމާލުކަންދީ އެކަމުގައި މި އިދާރާއަށް އެއްބާރލުން ދެއްވުން އެދެމެވެ.   

 

            ވީމާ. މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                  25 މުޙައްރަމް 1441

                  24 ސެޕްޓެމްބަރ 2019

 

                                                            ޙައްވާ ސަމީލާ

                                                 ރ. ދުވާފަރު ކައުންސިލްގެ ނާއިބު ރައިސް

 

24 ސެޕްޓެންބަރު 2019
ހޯދާ