ދިވެހިރާއްޖެ
މިކައުސިލުން ތައްރައްޤީ ކުރަމުން އަންނަ ޕިކްނިކް އޭރިއާގެ ވަށާފާރު ރޭނުމާއި، ބާބަކިއު ގްރިލްތައް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން ކުރި އިޢުލާން (އިޢުލާން ނަންބަރ (IUL)/376/376/2019/39) ބާޠިލުކޮށްފީމެވެ. އަދި ޕިކްނިކް އޭރިއާގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބަނޑިދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
03 އޮކޮޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި |
14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި. |
މި މިމަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅާގެ ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑް އަދި ކުންފުނި ނުވަތަ ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ގެނައުމަށް ހަނދުމަފުޅުބެހެއްޓެވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6760045 ނަމްބަރ ފޯނާއެވެ.