ދިވެހިރާއްޖެ
މި އިޢުލާންވަނީ 24 ސެޕްޓެންބަރު 2019 12:33 ގައި ބާތިލް ކުރެވިފައެވެ.
މިރަށުގައި އެކިއެކި ވަޒީފާތަކުގައި އަދި އެހެނިހެން ބޭނުންތަކުގައި މިރަށަށް އަރާފައިބާ އެންމެހައި ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުމަކީ މިކައުންސިލްގެ ޒިންމާއަކަށްވީހިނދު،މިރަށުގައި އުޅެމުންގެންދާ އެންމެހާ ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށްޓަކައި "ބިދޭސީންގެ ދަފްތަރެއް"މިކައުންސިލުންވެސް ދަނީ ބަލަހައްޓަމުންނެވެ.އެއްވެސް ބޭނުމެއްގައި ބިދޭސީއެއް މިރަށުގައި 24 ގަޑިއިރަށްވުރެ އިތުރަށް މަޑުކުރާނަމަ އެކަންލަސްނުކުރައްވައި މިކައުންސިލާއި ޙިއްސާކުރުމަކީ އެބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތުގެ އަދި އެމީހަކު ހުންނަ ގެއެއްގެ ވެރިފަރާތުގެ ޒިންމާއެކެވެ.ވާރކް ޕާމިޓް ނެތް މީހަކު އެގެއެއްގައި ދިރިއުޅެމުންދާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެގެއެއް ބަލައި ފާސްކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.އަދި މިރަށުގައި އުޅޭ ބިދޭސީންގެ އަތުގައި ވާރކް ޕާމިޓް ކާޑު އަބަދުވެސް ބޭއްވުމަށް އެފަރާތްތަކަށް ހަނދުމަކޮށްދެއްވުމަށް އެދި ދަންނަވަމެވެ.
އަދި ދަންނަވަމެވެ.އަލަށް ރަށަށް ގެނެވޭ ބިދޭސީން ރަށަށް ގެނެވޭ ދުވަހު އެމީހެއްގެ މައުލޫމާތު ކައުންސިލާއި ހިއްސާކުރުމަކީ އެބިދޭސީއެއް ގެންނަ ފަރާތެއްގެ ޒިންމާއަކަށްވީ ހިނދު އެފަރާތެއްގެ މައުލޫމާތު ކައުންސިލާއި ހިއްސާކުރުމަކާއިނުލާ ރަށުގައި އެކިއެކި މަސައްކަތު ގެންގުޅޭކަމަށްވާނަމަ އެބިދޭސީއެއް ގެންނަ ފަރާތަކާއިމެދު ފިޔަވަޅުއަޅާނެ ކަމުގައި ދަންނަވަމެވެ.
ވީމާ، ކައުންސިލްގެ ހުއްދައަކާއިނުލާ މިވަގުތު މިރަށުގައި ދިރިއުޅެމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކުން 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް އެދި ދަންނަވަމެވެ.
ވީމާ، މިކަން އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.