ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2019/42
އިޢުލާން
އއ. ފެރިދޫގައި ސަރުކާރުން ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކާއިގުޅޭ:
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އއ. އަތޮޅުގައި އެޅުމަށް ނިންމާފައިވާ 900 ހައުސިންގ ޔުނިޓްގެ ތެރެއިން އއ. ފެރިދޫއަށް ކަނޑައެޅިފައިވާ 100 ހައުސިންގ ޔުނިޓް އަޅާނެގޮތް މިކައުންސިލުން ދެނެގަތުމަށްޓަކައި މިހައުސިންގ ޔުނިޓްތައް ބޭނުންވާ ރައްޔިތުންގެ މަޢުލޫމާތު މިކައުންސިލަށް ބޭނުންވެއެވެ. މިމަޝްރޫޢުގައި ހިމެނެނީ ދެބައެކެވެ. އެއީ ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ރޯހައުސް ނުވަތަ ފްލެޓް އިމާރާތް ކުރުމާއި އަދި އިމާރާތް ނުކުރެވި ހުރި ގޯތި ތަކުގައި ގެ އިމާރާތް ކޮށްދިނުމެވެ. މިމަޝްރޫޢުގެ ދަށުން ތަފާތު ޑިޒައިންތަކަށް ޔުނިޓްތައް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ، ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް އަދި ބަދިގެ ހިމެނޭގޮތަށް ތަޅުމުގެ ބޮޑުމިން 900 އަކަފޫޓުގެ އިމާރާތްތަކެކެވެ.
ވީމާ، މިމަޝްރޫޢުގެ ދަށުން ބިނާކުރެވޭ ރޯހައުސް ނުވަތަ ފްލެޓް ބޭނުންވާ ރައްޔިތުންނާއި އިމާރާތް ނުކުރެވި ހުރި އަމިއްލަ ގޯތީގައި ގެ އިމާރާތްކުރުމަށް ބޭނުންވާ ރައްޔިތުން، "ހައުސިންގ ޔުނިޓަށް އެދޭ ރައްޔިތުންގެ މަޢުލޫމާތު ފޯމް" ފުރުއްވާ 23 އޮކްޓޫބަރ 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށައެޅުއްވުން އެދެމެވެ. "ހައުސިންގ ޔުނިޓަށް އެދޭ ރައްޔިތުންގެ މައުލޫމާތު ފޯމް" މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ސެޕްޓެމްބަރ 2019
25 މުޙައްރަމް 1441