މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑުގެ ބޯޅަގޭގެ ޗޭންޖިންގ ރޫމްތަކުގައި ކަބަޑުސެޓް ޖެހުމާއި ގުދަނުގައި ހަރުޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ؛

އިޢުލާން

 އަމިއްލަ ތަކެތީގައި ފުޓްބޯޅަދަނޑުގެ ބޯޅަގޭގެ ޗޭންޖިންގ ރޫމް އަށް ބޭނުންވާ ކަބަޑުތަކާއި ބޯޅަގޭގެ ގުދަނުގައި ލަކުޑި ހަރު ޖަހާ ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ:

                       ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުގެ 03 ޗޭންޖިންގރޫމްގައި ކުޅުންތެރިންނާއި އޮފިޝަލުން އަދި ރެފްރީންގެ ޖާޒީ އާއި ބޫޓް ފަދަ ތަކެތި ބަހައްޓާނެ ކަބަޑް ސެޓްތަކަކާއި ބޯޅަގޭގެ ގުދަނުގައި ލަކުޑި ހަރުތަކެއް އަމިއްލަ ތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                      ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލު

ތަން

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ނ.ލަންދޫ ކައުންސިލުގެ އިދާރާ

30 ސެޕްޓެމްބަރ2019

ހޯމަ

13:30

އަންދާސީހިސާބު ހުށަހެޅުން

ނ.ލަންދޫ ކައުންސިލުގެ އިދާރާ

03 އޮކްޓޯބަރ 2019

ބުރާސްފަތި

13:30

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                           24  މުޙައްރަމް   1441  

                           23  ސެޕްޓެމްބަރ 2019   

23 ސެޕްޓެންބަރު 2019
ހޯދާ