ދިވެހިރާއްޖެ
ތަޢާރަފު
މި މަޝްރޫއުއަކީ ސާފުރާއްޖެ އިނީޝިއޭޓިވްގެ ދަށުން، ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ކުނިމެނޭޖް ކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމަށް މި މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ފުވައްމުލަކު ސިޓީގެ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކުރެވޭއިރު އެންވަޔަރަމަންޓް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރުމެވެ.
ފޯރުކޮށްދޭންޖެހޭ ޙިދުމަތްތަކާއި ހުށަހަޅަންވީ ތަކެތީގެ ތަފްސީލު
ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ފުވައްމުލަކު ސިޓީ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކުރުމުގެ މަސައްކަތުގައާއި އެރަށުގައި ވޭސްޓް މެނެޖްމަންޓް ސެންޓަރެއް ޤާއިމް ކުރެވޭއިރު އެންވަޔަރަމަންޓް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރާއިރު ބަލަންޖެހޭނެ ކަންތައްތަކުގެ ތަފްސީލު އެކުލެވޭ ޓަރމްސް އޮފް ރެފަރެންސް (TOR) މި އިއުލާން އާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ.
މަޢުލޫމާތު ސާފުކުރުން
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެމްބަރ 2019 އިން 29 ސެޕްޓެމްބަރ 2019 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަދި [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.
ބިޑު ހުޅުވުން
ބިޑް ހުޅުވުން ހަމަޖެހިފައިވަނީ 2019 އޮކްޓޯބަރ 2 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން،” ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ފުވައްމުލަކު ސިޓީ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކުރެވޭއިރު އެންވަޔަރަމަންޓް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރުމާ ބެހޭ އިޢުލާނު ނަންބަރު: (IUL)438-WMPC/438/2019/270" އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ.
- ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، ޓަރމްސް އޮފް ރެފަރެންސް (TOR) ގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018300 960+ ، ފެކްސް: 3018301 960+
ވެބްސައިޓް: www.environment.gov.mv
