ދިވެހިރާއްޖެ
ނަމްބަރ: IL-D/423/2019/69
ގޯތިތަކުގައި ގެ އެޅުމަށް ބޭޏުންވާ ފަރާތްތަކުގެ ޢަދަދު ކަނޑައެޅުމާއި ބެހޭ
މިސަރުކާރުގައ ބޯހިޔާވަހިކަމުގެ ތެރޭގައި ހިމެނޭ 20000 ހައުސިންގް ޔުނިޓްގެ މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާގައި
އެޅުމަށް ހަމަޖެހިފައިވާ 121 ހައުސިންގ ޔުނިޓް މިރަށުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން މިހާރު އިމާރާތެއް
ނުކުރެވިހުރި ގޯތިތަކުގައި އިމާރާތެއް ހެދުމަށް ބޭނުންވާ ފަރާތްތައް ހޯދުމަށްޓަކައި ކުރި ނަމްބަރ: IL-D/423/2019/69
އިޢުލާނާއި ގުޅިގެން އެކަށިގެންވާ ވަރަށް އެކަމަށް އެދި ހުށަހަޅާފައި ނުވާތީ، 25 ސެޕްޓެމްބަރ 2019 ވަނަ ދުވަހާއި ހަމަޔައް
ހައުސިންގ ޔުނިޓް އެޅުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، ދިރިއުޅުމައްޓާކައި މިރަށުން ދޫކުރެވިފައިވާ ގޯތިތަކުގައި ހައުސިންގ ޔުނިޓް އިމާރާތްކުރަން އެދޭ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ
ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ގޯތީގައި އިމާރާތްކުެރުމަށް ބޭނުންވާކަމުގެ ސިޓީއަކާއި އައިޑީކާރޑް ކޮޕީއެއް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.