ދިވެހިރާއްޖެ
ކަށުކަމާކެމީގެ ކަންކަން ދަސްކޮސްދިނުން.
ދާރުލް ޤުރުއާން ވައްސުންނާއާއި މިކައުންސިލާ ގުޅިގެން 01 މަސްދުވަހުގެ މުއްދަތަށް ކަށުކަމާކެމީގެ ކަންތައްތައް ދަސްކޮށްދޭ ކޯހެއް ފ. އަތޮޅާއި ދ. އަތޮޅުގެ ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖައްސައިފީމެވެ. މިކޯހަކީ މޯލްޑިވްސް ކްލެސިފިކޭޝަން އޮތޯރިޓީގެ (MQA) އިން ޤަބޫލުކުރާ ސެޓްފިކެޓް ލެވެލް ފެންވަރަށް ކިޔަވައިދޭ ކޯހެކެވެ. މިކޯހުގައި ކިޔަވައިދެވޭނީ ބްލޮކްމޯޑަށް ހަފުތާ ބަންދު ތެރޭގައެވެ. ކޯހުގެ ފީގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން -/1500 ރުފިޔާ ނެގޭނެއެވެ.
ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ސެޕްޓެންބަރު 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއިން ދޫކުރާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ކޯހުގައި ބައިވެރިވުމަށްއެދޭ ފޯމް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފްކުރުމަށް ބޭނުންވާނަމަ މިއިދާރާގެ އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމެންޓް އޮފިސަރ މުހައްމަދު މަޢުޞޫމު ( ފޯން ނަމްބަރު: 9909084 ) އާއި ގުޅުއްވުން އެދެމެވެ.
20 މުޙައްރަމް 1441
19 ސެޕްޓެންބަރު 2019